މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހެކެވެ.

މަޤާމް:

އެކައުންޓްސް އޮފިސަރ  

އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ / ގދ. ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1/ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: MS 1

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަސައްކަތް ކުރަންޖެހޭ ތަން:

ގދ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި

 

ތަޢުލީމާއި ތަޖުރިބާ:

1. ބަޖެޓް އެންޑް ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ބަޖެޓް އެންޑް ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. ބަޖެޓް އެންޑް ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. އެފް.ސީ.އެސް.ސީގެ މުވައްޒަފުންނަށް މުސާރަދިނުމަށްޓަކައި ބޭނުންވާ ލިޔުންތަކާއި މަޢުލޫމާތުތައް އެއްކޮށް މުސާރަޝީޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި މިނިސްޓްރީއަށް ފޮނުވުން.

2. އެފް.ސީ.އެސް.ސީގެ މުވައްޒަފުންގެ ޕެންޝަން ސްކީމަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ ކަންތައް ނިންމުން.

3. ސަރުކާރުގެ ދަތުރުތަކުގައިދާ މީހުންނަށް ދޭންޖެހޭ ފައިސާ ދިނުމުގެ ކަންތައް ކުރުން.

4. އެފް.ސީ.އެސް.ސީ ތަކަށް ނަގަންޖެހޭ ފައިސާ ނެގުމާއި، ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުން.

5. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރތަކުގެ ޚަރަދަށް ޖަމާކުރަންޖެހޭ ފައިސާގެ ހިސާބުތަކާބެހޭ ރިޕޯޓްތައް މަހުންމަހަށް ހޯދައި ފައިސާ ރިޕޯޓްތައް ތައްޔާރުކޮށް ގަވާއިދުން ފައިލްކޮށް ބަލަހައްޓަމުން ގެންދިއުން.

6. އެފް.ސީ.އެސް.ސީ މެނޭޖްމަންޓުގެ ޔައުމިއްޔާއަށް ދޭންޖެހޭ މަޢުލޫމާތުތައް ދިނުމުގެ ކަންތައް ކުރުން.

7. އެފް.ސީ.އެސް.ސީ ތަކުން ފައިސާ ދައްކަންޖެހޭ ބިލްތަކާއި، ނުދެއްކިހުރި ބިލްތަކުގެ ރަޖިސްޓަރީއެއް ހަދައި، އެ ރަޖިސްޓަރީ ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

8. އަހަރު ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.

9. ހަވާލުވެގެން ކުރެވޭ މަސައްކަތްތަކާބެހޭ އެންމެހައި ލިއުންތައް ތަރުތީބުންފައިލްކޮށް (ބަލަން ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ބެލޭނެގޮތަށް) ރައްކާތެރިކަމާއެކު ބެލެހެއްޓުން.

10. މަސައްކަތުގެ ދާއިރާގައި ހިނެމޭގޮތަށް، އޮފީހުން ހަވާލުކުރާ އެންހައި މަސައްކަތެއް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި މިނިސްޓްރީގެ http://gender.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން، ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭވަރުގެ ސާފު ކޮޕީއެއް.

5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

6. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.

7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން، އަދާކުރި ވަޒީފާގެ މުއްދަތު (މަޤާމާއި ރޭންކް) އެނގޭނޭ ލިޔުމެއް.

8. ވަޒީފާއެއްގައި އުޅޭނަމަ، އެތަނެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން. 

ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 13:30 އެވެ. 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: 

- މި  މަޤާމަށް  އެދިފައިވާ  ފަރާތްތަކުގެ  ތެރެއިން  ޝޯޓްލިސްޓްކުރެވޭ  ފަރާތްތަކާ  އިންޓަވިއުކުރުން އޮންނާނީ، 2016 ނޮވެންބަރުމަހާއި  ޑިސެންބަރުމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

- ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި، އެކަންކަމަށް އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ.

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:

- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.

- ދިވެހިބަހާއި، އިނގިރޭސިބަހުން މުޢާމަލާތްކުރުމާއި ލިއުމުގެ ޤާބިލްކަން ލިބިފައިވުން.

އިތުރު މަޢުލޫމާތު:

- ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެއް ސެންޓަރުން އަނެއް ސެންޓަރަށް ބަދަލުކުރުމުގެ އުސޫލުގެދަށުން ފަންނީ މުވައްޒަފުން ވަކި މުއްދަތަކަށް އެހެން އަތޮޅުތަކުގެ ސެންޓަރުތަކުގައި މަސައްތްކުރަންޖެހޭނެއެވެ.

- އަތޮޅުތެރޭގެ ސެންޓަރުތަކަށް ނެގޭ ހިންގުމާ ހަވާލުވެ ހުންނަ "މެނޭޖަރ" އަދި ފަންނީ މުވައްޒަފުން  މަސައްކަތަށް އަހުލުވެރިކުމުގެ އުސޫލުގެދަށުން ދެވޭ ތަމްރީނުތައް، މަސައްކަތަށް ނުކުންނަތާ 1 މަސްދުވަހުގެ ތެރޭގައި މިނިސްޓްރީއާއި އަތޮޅުގައި ޤާއިމްކުރެވިފައިވާ ސެންޓަރުތަކުން ދެވޭނެއެވެ. އަދި މިނިސްޓްރީން ތަންރީނުދޭ މުއްދަތުގައި މާލޭގައި ހުރުމުގެ ހުރިހާ ޚަރަދެއް މިނިސްޓްރީން ހަމަޖައްސައިދޭނެއެވެ.

- މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027529 ނަންބަރު ފޯނަށް، ނުވަތަ 3027521 ނަންބަރު ފޯނަށް، ނުވަތަ 6842583 ނަންބަރު ފޯނަށެވެ.

2 ޞަފަރު 1438

02 ނޮވެންބަރު 2016
ހޯދާ