މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
އެސިސްޓަންޓް ޕްލޭނިންގ އޮފިސަރ (ވަގުތީ) 2 އަހަރު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީއާއި، މިނިސްޓްރީގެދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހުންނެވެ.  

މަޤާމް:

އެސިސްޓަންޓް ޕްލޭނިންގ އޮފިސަރ  (ވަގުތީ) 2 އަހަރުދުވަސް

އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ/ ޖެންޑަރ ޑިވެލޮޕްމަންޓް އެންޑް ޕްރޮޓެކްޝަން

ތަޢުލީމާއި ތަޖުރިބާ:

1. އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ސިޔާސީގޮތުންނާއި، އިޖުތިމާޢީގޮތުންނާއި، އިޤްތިޞާދީގޮތުން އަންހެނުން ކުރިއަރުވައި، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް، ގުޅުންހުރި ފަރާތްތަކާ ވިލަރެސްކޮށްގެން ކުރުން.

- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ހަރުދަނާކުރުމާއި، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް، ގުޅުންހުރި ފަރާތްތަކާ ވިލަރެސްކޮށްގެން ކުރުން.

- ސިޔާސީގޮތުންނާއި، އިޖުތިމާޢީގޮތުންނާއި، އިޤްތިޞާދީގޮތުން އަންހެނުން ކުރިއަރުވައި، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ހޭލުންތެރިކުރުވުގެ ޕްރޮގްރާމްތައް، މަދަނީ ޖަމާޢަތްތަކާ ގުޅިގެން ހިންގުމާއި، މަޢުލޫމާތު ދިނުން.

- އަންހެނުންނަށް އިހާނެތިކޮށް ހިތުމާއި، އަނިޔާވެރިވުންފަދަ ނޭދެވޭ ޢަމަލުތައް ނައްތައިލުމަށް އެކަށައެޅޭ ޝަރުޢީ އޮނިގަނޑާއި ޤާނޫނީ އޮނިގަނޑު، އަތަޅު ފެންވަރުގައި ހިންގުމަށް، ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، އެ މަސައްކަތްތައް ކުރަން އެފްސީއެސްސީތަކަށް އެހީތެރިވުން. 

- އަތޮޅުތަކުގެ ތަރައްޤީގެ ކަންކަމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ހިންގައި މަޢުލޫމާތު ދިނުން.

- އަތޮޅުތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސައްކަތް ހަރުދަނާކޮށް ހިންގުމަށް އެފްސީއެސްސީތަކަށް ލަފާދީ އެހީތެރިވެދިނުން.

- އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، ބާރުވެރިކުރުމަށް ރަށުފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް އެފްސީއެސްސީތަކަށް ލަފާދީ އެހީތެރިވެދިނުމާއި، އެފަދަ ޕްރޮގްރާމްތައް ރާވައި ހިންގުން.

- އަންހެނުން  އިޤްތިޞާދީގޮތުން ބާރުވެރިކުރުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ރާވައި ހިންގުމާއި، އެހެން ދާއިރާތަކާއެކު ކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކުރުމާއި، މޮނިޓަރކުރުން.

- އަންހެނުން ސިޔާސީގޮތުން ބާރުވެރިކުރުވުމަށް ޕްރޮގްރާމްތައް ހިންގުމާއި، ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުން އިތުރުކުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

- ކައުންސިލް ފޮރ އިކޮނޮމިކް އެމްޕަވަރމަންޓް އޮފް ވިމެން (ސީވް) ސެކްރެޓޭރިއަޓު ބެލެހެއްޓުމާއި، ސީވްގެ ބައްދަލުވުންތައް ބޭއްވުމާއި، ބައްދަލުވުމުގެ ޔައުމިއްޔާ ނެގުމާއި، ބައްދަލުވުންތަކުގައި ނިންމާ ނިންމުން ތަންފީޒުކުރުމާއި، ސީވްގެ އެންމެހައި އިދާރީ މަސައްކަތްތައް ކުރުމާއި، އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.

- ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، ގަވާއިދުތަކާއި، އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން.

- މަސައްކަތުގެ ދާއިރާއިން މިނިސްޓްރީގެ ދަށުން ހިނގާ ކުޑަކުދިންގެ ހިޔާއާއި، އަމާން ހިޔާގައި މަސައްކަތްކުރަން ޖެހިއްޖެ ހާލަތެއްގައި، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން އެތަންތަނުގައި މަސައްކަތްކުރުން.

- ޑިވިޜަންގެ އަހަރީ ވަރކް ޕްލޭނާއި، ބަޖެޓާއި، އަހަރު ރިޕޯޓް ތައްޔާރުކުރުމާއި، ދުވަހު ޔައުމިއްޔާ ތައްޔާރުކުރުން.

- މަސައްކަތުގެ ދާއިރާއިން މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކުގައި މަސައްކަތްކުރަން ޖެހިއްޖެ ހާލަތެއްގައި، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން އެތަންތަނުގައި މަސައްކަތްކުރުން.

- އެހެން ޑިޕާޓްމަންޓް/ ޑިވިޜަންތަކުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި މިނިސްޓްރީގެ http://gender.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން، ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭވަރުގެ ސާފު ކޮޕީއެއް.

5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

6. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.

7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން، އަދާކުރި ވަޒީފާގެ މުއްދަތު (މަޤާމާއި ރޭންކް) އެނގޭނޭ ލިޔުމެއް.

8. ވަޒީފާއެއްގައި އުޅޭނަމަ، އެތަނެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން. 

ސުންގަޑި:

2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް ހުށަހެޅުން.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: 

- މި  މަޤާމަށް  އެދިފައިވާ  ފަރާތްތަކުގެ  ތެރެއިން  ޝޯޓްލިސްޓްކުރެވޭ  ފަރާތްތަކާ  އިންޓަވިއުކުރުން އޮންނާނީ، 2016 ނޮވެންބަރުމަހާއި  ޑިސެންބަރުމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

- ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި، އެކަންކަމަށް އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ.

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން: 

- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.

- ދިވެހިބަހާއި އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިއުމުގެ ޤާބިލްކަން ލިބިފައިވުން.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027529 ނަންބަރު ފޯނަށެވެ.

2 ޞަފަރު 1438

02 ނޮވެންބަރު 2016
ހޯދާ