އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
'ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017' ގައި ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމާބެހޭ

އިޢުލާން

"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017" ގައި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމާ ބެހޭ

14 ޖަނަވަރީ 2017 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރާއްޖެއިން ބޭރާއި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައާއި، ރިސޯޓުތަކާއި، ޞިނާޢީ މަރުކަޒުތަކާއި، އަދި ޖަލުތަކުގައި ޤާއިމުކުރެވޭ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނޭ އޮފިޝަލުން ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ބޭފުޅުން މިކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު އޮންލައިންކޮށް ފުރިހަމަ ކުރެއްވުމަށްފަހު، އެ ބޭފުޅެއްގެ ޕާސްޕޯޓްސައިޒުގެ ފޮޓޯ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ކޮޕީއަކާއެކު، 2016 ނޮވެންބަރު 30 ވާ ބުދަދުވަހުގެ 16:00 ގެ ކުރިން،http://forms.elections.gov.mvމި ލިންކު މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އަތޮޅުތެރޭގައިނަމަ، އޮންލައިންކޮށް އެޕްލިކޭޝަން ހުށަނޭޅުއްވޭ ފަރާތްތައް ސިޓީ/އަވަށު/އަތޮޅު/ރަށު ކައުންސިލްގެ އިދާރާތައް މެދުވެރިކޮށް ފޯމު ހުށަހެޅުއްވުން އެދެމެވެ.

ޝަރުޠު:

1- އުމުރުން 18 އަހަރާ 65 އަހާރާ ދެމެދުގެ މީހެއްކަމުގައިވުން

2- އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސްމަޤާމެއް ފުރަމުންގެންދާ ނުވަތަ ސިޔާސީ ޕާޓީއެއްގެ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވާ މީހަކަށް ނުވުން.

3- ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.

4- އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން.

5- ޞިއްޙީގޮތުން މިފަދަ މަސައްކަތަކަށް ޤާބިލު މީހުން ކަމުގައިވުން.

އުޖޫރަ:

ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ -/1300 (އެއްހާސް ތިންސަތޭކަ) ރުފިޔާ ހަމައެކަނި ވޯޓުލާދުވަހު.

ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ -/1000 (އެއްހާސް) ރުފިޔާ ހަމައެކަނި ވޯޓުލާދުވަހު.

 

އޮފިޝަލުންގެގޮތުގައި ޙަރަކާތްތެރިވާ އެނޫން ފަރާތްތަކަށް -/800 (އަށްސަތޭކަ) ރުފިޔާ ހަމައެކަނި ވޯޓުލާދުވަހު.

ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ -/400 (ހަތަރުސަތޭކަ) ރުފިޔާ ހަމައެކަނި ވޯޓުލާދުވަހު.

އަދި ކަނޑައެޅިފައިވާ އުސޫލުން ވޯޓުލާދުވަހު ކެއުމާއި ސަޔަށްވާ ފައިސާ ދެވޭނެ. މި ފައިސާ ދެވޭނީ ވޯޓުލައި ނިމުމުން މަސައްކަތްކުރި އުޖޫރައާއެކުގައެވެ.

މީގެ އިތުރުން ވޯޓުލުން އޮންނަ ދުވަހުގެރޭގެ ދަންވަރު 12:00ގެ ފަހުން މަސައްކަތްކުރައްވަންޖެހޭނަމަ، މަސައްކަތުގައި ހޭދަވާ ކޮންމެ ގަޑިއިރަކަށް ވެރިޔާއަށް -/100 (އެއްސަތޭކަ) ރުފިޔާ، އެހީތެރިޔާއަށް –/75 (ހަތްދިހަ ފަސް) ރުފިޔާ އަދި އެހެން އޮފިޝަލުންނަށް -/50 (ފަންސާސް) ރުފިޔާގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޚާއްޞަކޮށްގެން ހިންގޭ 2 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. މި ތަމްރީނު ފުރިހަމަނުކުރައްވާ ފަރާތްތަކަށް އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުޞަތެއް ނުދެވޭނެއެވެ.

  • މި ތަމްރީނުތައް އޮންނާނީ 2017 ޖަނަވަރީ 1 އިން 12 އާ ދެމެދުގައެވެ.
  • ޢާންމުގޮތެއްގައި ތަމްރީނުތައް އޮންނާނީ ރަސްމީދުވަސްދުވަހާއި ހުކުރުދުވަހުގެ މެންދުރުފަހާއި ރޭގަނޑުގެ ވަގުތުތަކާއި އަދި ހޮނިހިރުދުވަސްތަކުގައި ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައެވެ.

އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ފުރުޞަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާ އަދި އިންތިޚާބުގެ މަސައްކަތުގައި އުޅެ ލިބިފައިވާ ތަޖުރިބާތަކަށް، ކަނޑައެޅިފައިވާ މިންގަނޑުން މާކްސް ދީގެންނެވެ. އަދި ރިސޯޓް، ޞިނާޢީ މަރުކަޒު، ޖަލުތަކަށް ދާން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ރީރެޖިސްޓްރޭޝަން މަރުޙަލާގައި އެތަނެއްގައި ރީރެޖިސްޓަރީވާން ބޭނުންވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ނަމަވެސް، އެންމެ ފަހުން ބޭއްވި 3 އިންތިޚާބުގައި އެއްވެސް ސަބަބަކާހުރެ ކޮމިޝަނުން އެފަރާތްތަކަށް އިތުބާރު ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ އެއްވެސް ފަރާތަކަށް، ލިބިފައިވާ މާކްސް މަތިކަމުގައިވީނަމަވެސް އޮފިޝަލަކަށް ވުމަށް ފުރުޞަތެއް ނުދެވޭނެއެވެ. 

އިޢުލާނުގައި ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުން އޮފިޝަލުން ހޮވުމުގެ މަސައްކަތް ފެށޭނެއެވެ. މި މުއްދަތުގެ ފަހުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ފުރުޞަތު ދެވޭނީ، ކުރިން އެޕްލައިކޮށްފައިވާ ފަރާތްތަކަށް ފުރުޞަތު ދިނުމަށްފަހުގައެވެ.

އޮބްޒާވަރ، މޮނިޓަރ، އަދި ކެންޑިޑޭޓުގެ މަންދޫބެއްގެ ގޮތުގައި ކުރިމަތިލާފައިވާ ފަރާތަކުން އޮފިޝަލަކަށް ކުރިމަތިލާފައިވީނަމަވެސް، އޮބްޒާވަރ، މޮނިޓަރ އަދި މަންދޫބުގެ ފާސް އެފަރާތަށް ދޫކުރެވޭ ހިސާބުން އޮފިޝަލްކަމުން ވަކިކުރެވޭނެއެވެ.

އޮންލައިން ފޯމާއެކު އެޓޭޗްކުރަންޖެހޭ ތަކެތި:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
  • ޕާސްޕޯޓްސައިޒުގެ ފޮޓޯ.
  • ލިބިފައިވާ ސަނަދުތަކުން އެންމެމަތީ ސަނަދުގެ ކޮޕީ.

ނޯޓް: މި އިޢުލާނުގައި ފޯމު ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚު އޮތްކަމުގައިވިއަސް، ބޭނުންވާ އަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، މީހުން ހަމަވަންދެން އޮންލައިންކޮށް އެޕްލިކޭޝަން ފޯމު ބަލައިގަންނާނެވާހަކަ ދެންނެވީމެވެ.

6 ޞަފަރު 1438

06 ނޮވެންބަރު 2016
ހޯދާ