މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ސްޓާފްރޫމުގައި ފާޚާނާ ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުން ދައްކާ ނަމޫނާއާ އެއްގޮތަށް މި ސްކޫލުގެ ސްޓާފްރޫމުގައި ފާޚާނާ ހަދައިދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު (IUL)MUH-01/1/2016/52 އަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހިފައިވާތީ މި އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 12:30 ގައި

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 3390634 އަށް ގުޅުއްވުން އެދެމެވެ.

31 އޮކްޓޫބަރު 2016
ހޯދާ