ހަންޏާމީދޫ މަދަރުސާ، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
ސިންގަލްފޭސް ކަރަންޓް ތްރީފޭސް ކަރަންޓަށް ބަދަލުކުރަން

އިޢުލާން

ކުރިންކުރި އިޢުލާނަށް ތިން ފަރާތުން ކުރިމަތިލާފައިނުވާތީ ދެވަނަ ފަހަރަށް އިޢުލާންކުރަމެވެ.

އދ. ހަންޏާމީދޫ ސްކޫލަށް ތްރީފޭސް ކަރަންޓް ލުމާބެހޭ

2017 ވަނަ އަހަރުގެ ދިރާސީއަހަރު ފެށުމުގެ ކުރިން، މި ސްކޫލަށް މިހާރު ލިބެމުންދާ ސިންގަލްފޭސް ކަރަންޓް ތްރީފޭސް ކަރަންޓަށް ބަދަލުކުރަން ބޭނުންވެއްޖެއެވެ.

ވީމާ، ތްރީފޭސް ކަރަންޓް ސްކޫލަށް ލިބޭނޭގޮތް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލުގެ އޮފީހަށް ހާޒިރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 13 ވާ އާދީއްތަދުވަހުގެ 10:30 އަށް

2016 ވަނަ އަހަރު ނޮވެންބަރުމަހުގެ 17 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ ރަސްމީގަޑީގައި 6680837 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

2 ޞަފަރު 1438
02 ނޮވެންބަރު 2016
ހޯދާ