ކިނބިދޫ ސްކޫލް، ތ. ކިނބިދޫ
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލުގެ ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  1. ސްކޫލުގެ ގޯތި ވަށައި މަގުފާރުގެ އެތެރެއާއި ބޭރުގައި ކުލަލުން.
  2. އެއް ކްލާސްރޫމުގައި ތަޅުން އަޅައި މުށިޖެހުން.
  3. ޕްރައިމަރީ އެއް ފާޚާނާގެ ތަށިސެޓް ބަދަލުކުރުން.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 12:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 3 މަސައްކަތަށް ހުށަހަޅުއްވާނީ 3 ސިޓީއުރައިގައި ވަކިން ބަންދުކޮށް، ވަކި 3 އަންދާސީހިސާބެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ (އެދުވަހުގެ) 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 12:10 ގައި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގެންނެވި ފަރާތްތަކުގެ ހާޒިރުގައެވެ. މި ބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އަންދާސީހިސާބުގެ ވެރިފަރާތުގެ ސިޓީއަކާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ފޮނުއްވަންވާނެއެވެ.

2 ޞަފަރު 1438

02 ނޮވެންބަރު 2016
ހޯދާ