މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެސިސްޓެންޓް އެންޖިނިއަރ

މަޤާމް :އެސިސްޓެންޓް އެންޖިނިއަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެސިސްޓެންޓް އެންޖިނިއަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ނަންބަރު:

J-268715

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން،  އޮފީސް، ރަށް:

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/6295 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/3500 ރުފިޔާ

- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް، ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

1. ސިވިލް އިންޖިނިއަރިންގ / ސްޓްރަކްޗަރ އިންޖިނިއަރިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސިވިލް އިންޖިނިއަރިންގ / ސްޓްރަކްޗަރ އިންޖިނިއަރިންގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސިވިލް އިންޖިނިއަރިންގ / ސްޓްރަކްޗަރ އިންޖިނިއަރިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސިވިލް އިންޖިނިއަރިންގ / ސްޓްރަކްޗަރ އިންޖިނިއަރިންގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ސިވިލް އިންޖިނިއަރިންގ / ސްޓްރަކްޗަރ އިންޖިނިއަރިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. ސިވިލް އިންޖިނިއަރިންގ / ސްޓްރަކްޗަރ އިންޖިނިއަރިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ބިލްޑިންގ ކޮންސްޓްރަކްޝަން / އާކިޓެކްޗަރގެ ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. މިނިސްޓްރީއަށް ހުށަހެޅޭ އިމާރާތްތަކުގެ ސްޓްރަކްޗަރ ޑިޒައިންކޮށްފައިވަނީ އެކަށީގެންވާ ފެންވަރަކަށްތޯ ބަލައި ޗެކްކުރުމަށް އެހީވުން.

2. މިނިސްޓްރީއަށް ހުށަހެޅޭ ލަޔަބިލިޓީ ނަގާފައިވާ ކުރެހުން ޗެކްކުރާ ފަރާތްތަކުން ހުށަހަޅާ ކުރެހުންތައް ރޭންޑަމްކޮށް ޗެކްކުރުމަށް އެހީވުން.

3. ޤާނޫނުނާއި ގަވާއިދުތައް އެކުލަވައިލެވޭއިރުގައްޔާއި، ރިވިއު ކުރާއިރު، ރަޖިސްޓްރޭޝަން މަސައްކަތްތަކުގައި ދިމާވާ މައްސަލަތައް ފާހަގަކޮށް، އެފަދަ މައްސަލަތަކަށް ޙައްލެއް ގެނެވިދާނެ ގޮތަކާމެދުގައްޔާއި ޤާނޫނުން ނުވަތަ ގަވާއިދުން އެކަންކަމަށް އެޑްރެސްކުރެވިދާނެ ގޮތަކާމެދު، ކޮންސްޓްރަކްޝަން ލެޖިސްލޭޓިވް ސެކްޝަނަށް ލަފާދިނުމުގައި އެހީވުން.

4. ޤާނޫނުނާއި ގަވާއިދުތައް އެކުލަވާލެވޭއިރުގައްޔާއި، ރިވިއު ކުރާއިރު، ކުރެހުންތައް އެޕްރޫވްކުރުމުގައި ދިމާވާ މައްސަލަތައް އައިޑެންޓިފައިކޮށް، އެފަދަ މައްސަލަތަކަށް ޙައްލެއް ގެނެވިދާނެގޮތަކާމެދުގައްޔާއި، ޤާނޫނުން ނުވަތަ ގަވާއިދުން އެކަންކަމަށް އެޑްރެސްކުރެވިދާނެ ގޮތަކާމެދު، ކޮންސްޓްރަކްޝަން ލެޖިސްލޭޓިވް ސެކްޝަނަށް ލަފާދިނުމުގައި އެހީވުން.

5. މިނިސްޓްރީއަށް ހުށަހެޅޭ ޕްރޮޖެކްޓްތަކުގެ ކުރެހުން ފާސްކުރުމަށްފަހު، ބީ.އޯ.ކިއު އެޕްރޫވަލް ޔުނިޓަށް ފޮނުވުމުގައި އެހީވުން.

6. ދަށުން މަސައްކަތްކުރާ މުވައްޒަފުންނާ މަސައްކަތް ހަވާލުކޮށް، އެ މުވައްޒަފުން މަސައްކަތްކުރާގޮތް ބަލައި، މުވައްޒަފުން އެސެސްކުރުން.

7. ހަވާލުކުރެވިފައިވާ މަސައްކަތްތައް ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

8. އިސް ވެރިއެއްގެ ލަފާގެމަތިން، 1500 ހައުސިންގ ޔުނިޓުގެ މަސައްކަތް ބެލެހެއްޓުން.

9. ކޮންސަލްޓަންޓް ރެޖިސްޓްރޭޝަން މޮނިޓަރކުރުމުގެ މަސައްކަތް، ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ލަފާގެމަތިން ކުރިޔަށްގެންދިއުން.

10. އިމާރާތަކާ  ބެހޭގޮތުން  މި  މިނިސްޓަރީއަށް  ހުށަހެޅޭ  މައްސަލަތައް  "މައްސަލަ  ބަލައި، ތަޙްޤީޤުކުރާ ކޮމިޓީ" ގެ ޒަރީޢާއިން ބަލައި، ފިޔަވަޅު އެޅުމުގެ މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު

4. ވިސްނުންތޫނުކަމާއި ޕްރެޝަރުގައި މަސައްކަތްކުރުމުގެ ހުނަރު ހުރުން.

5. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ނޮވެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ.

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2016 ނޮވެންބަރުމަހާއި ޑިސެންބަރުމަހުގެ ތާރީޚެއްގައި މާލޭގައެވެ.

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.housing.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގަމުންގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ ލިޔުމެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި މިނިސްޓްރީގެ 3004340 ނަންބަރު ފޯނަށް، ނުވަތަ 3004343 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

2 ޞަފަރު 1438

02 ނޮވެންބަރު 2016
ހޯދާ