މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ސީނިއަރ ޔޫތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން:   ސީނިއަރ ޔޫތު އޮފިސަރ

މުސާރަ: މަހަކު -/6،295 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

މަޤާމުގެ ރޭންކް: އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:  ޔޫތު ޑިޕާޓްމަންޓް

މަޤާމުގެ ޝަރުޠު:

1- މެނޭޖްމަންޓް/ޔޫތު ވޯކާރސް ކޯސް/ކައުންސެލިންގ/ސޯޝިއޮލޮޖީ/ސްޕޯޓްސް މެނޭޖްމަންޓުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4  ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މެނޭޖްމަންޓް/ޔޫތު ވޯކާރސް ކޯސް/ކައުންސެލިންގ/ސޯޝިއޮލޮޖީ/ސްޕޯޓްސް މެނޭޖްމަންޓުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މެނޭޖްމަންޓް/ޔޫތު ވޯކާރސް ކޯސް/ކައުންސެލިންގ/ސޯޝިއޮލޮޖީ/ސްޕޯޓްސް މެނޭޖްމަންޓުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4- މެނޭޖްމަންޓް/ޔޫތު ވޯކާރސް ކޯސް/ކައުންސެލިންގ/ސޯޝިއޮލޮޖީ/ސްޕޯޓްސް މެނޭޖްމަންޓުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއިން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

1. އަތޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް، ޒުވާނުންގެ މަރުކަޒުތައް މެދުވެރިކޮށް ހިންގޭ މުނިފޫހިފިލުވުމާއި، އިޖުތިމާޢީ ކަންކަމާބެހޭ ޕްރޮގްރާމްތައް ރާވައި ހިންގުން.

2. މަރުކަޒުގެ ފަރާތުން ޒުވާނުންގެ ދުޅަހެޔޮކަމާބެހޭ ޕްރޮގްރާމްތައް ރާވައި ހިންގުން. މިގޮތުން، ދެޖިންސުގެ ޒުވާނުންނަށް ޖިމް، އެރޮބިކްސް، ޒުންބާ، ޔޯގާފަދަ ކަސްރަތާއި ޞިއްޙަތާ ގުޅޭ ޕްރޮގްރާމްތައް ހިންގުމާއި، މި ޕްރޮގްރާމްތައް ހިންގާއިރު، ކަމާގުޅޭ މުވައްޒަފުންނާ ގުޅިގެން (މިސާލަކަށް: ޖިމް އިންސްޓްރަކްޓަރުންނާއި، އެރޮބިކް އިންސްޓްރަކްޓަރުންނާއި، ކައުންސިލަރުންނާ ގުޅިގެން) މި ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ޖިމްއާއި އެރޮބިކްސް ފަދަ، ޒުވާނުންގެ ކަސްރަތު ޕްރޮގްރާމްތައް ހިންގާނެ ފަރާތްތައް ބިނާކުރުމަށްޓަކައި ތަމްރީން ޕްރޮގްރާމްތައް އެކުލަވައިލައި ހިންގުން.

3. އަތޮޅުތަކަށް ބޭނުންވާ ކައުންސެލިންގ ފަދަ ޚިދުމަތްދޭނެ ފަރާތްތައް ބިނާކުރާނެ ޕްރޮގްރާމްތައް ރާވައި ހިންގުން. 

4. މަރުކަޒުތަކާ ގުޅިގެން އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ބާއްވަން ބޭނުންވާ މުބާރާތްތަކާއި ޕްރޮގްރާމްތަކާބެހޭ ޕްރޮޕޯސަލްތަކާބެހޭ މަސައްކަތްތައް، ޔުނިޓާއި ސެކްޝަނުގެ ވެރިންނާ ގުޅިގެން ކުރިއަށްގެންދިއުން.

5. މަރުކަޒަށް އަންނަ ޒުވާނުންގެ ޚިޔާލު ހޯދައި، އެމީހުންގެ ޚިޔާލާ އެއްގޮތަށް ޕްރޮގްރާމްތައް އެކުލަވައިލައި ހިންގުން. މިގޮތުން، ޕްރޮގްރާމްތައް އެކުލަވައިލުމުގައި އެމީހުން ބައިވެރިކުރުވުން.

6. ދިވެހިރާއްޖޭގެ ޒުވާނުންނާބެހޭ މައުލޫމާތު އެއްކުރުމާއި، ޒުވާނުންނާބެހޭ ޤައުމީ ފެންވަރުގެ ކަންކަމުގައި ޒުވާނުން ބައިވެރިކޮށް، ޒުވާނުންގެ ޚިޔާލު ހޯދުން.

7. ސްކޫލްތަކާއި އެހެނިހެން މުވައްސަސާތަކާ ގުޅިގެން ޒުވާނުންގެ ޕްރޮގްރާމްތައް ހިންގުން.

8. ސެންޓަރުތައް ޤާއިމްކުރެވިފައިވާ ރަށްރަށާއި، ޤާއިމްކުރެވިފައިނުވާ ރަށްތަކުގައި ޕްރޮގްރާމްތައް ހިންގާނެގޮތެއް އެކުލަވައިލުމާއި، ސެންޓަރުތައް ހުރި ރަށްރަށާ ގުޅިގެން، ސެންޓަރުތައް ނެތް ރަށްތަކުގައި ދިރިއުޅޭ ޒުވާނުން ޕްރޮގްރާމް ހިންގުން.

9. މަރުކަޒުގެ ފަރާތުން ހިންގާނެ ޕްރޮގްރާމްތައް އަހަރު ފެށުމުގެ ކުރިން ރޭވުމާއި، ކަލަންޑަރާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން.

10. ޕްރޮގްރާމް ހިންގުމަށްފަހު، ޕްރޮގްރާމްގައި ބޭނުންކުރި ތަކެތި ރައްކާކޮށް، ތަންތަނުން ނަގާފައިވާ ތަކެތިވާނަމަ، އޮންނަ ގަވާއިދަކާއި މުއްދަތެއްގެ ތެރޭގައި، އެތަކެތި ނެގި ފަރާތަކާ ގަވާއިދުން ހަވާލުކުރުން.

11. އަތޮޅުތެރޭގެ މަރުކަޒުތައް ހިންގުމަށް ކަނޑައެޅިފައިވާ މިނިސްޓްރީގެ މުވައްޒަފު (ޔޫތު އޮފިސަރ) ގެ މަސައްކަތް ސުޕަވައިޒްކުރުމާއި، މަރުކަޒުތަކުގެ އިދާރީ މަސައްކަތްތައް ކުރިއަށްދަނީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ރަނގަޅަށްތޯ ބެލުން.

12. މަރުކަޒުތަކުން ހިންގޭ ޕްރޮގްރާމްތަކާބެހޭ ރިޕޯޓްތައް އެކުލަވައިލުމާއި، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ފޮނުވުން.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:
ޔޫތު ވާރކާރސްގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

އިންޓަވިއު:

-  މި މަޤާމުގެ އިންޓަވިޔު، އެއްމަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމުގައެވެ.

- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމަށާއި، ތަޖުރިބާއަށާއި، މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

- ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްްްްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްްްްޓްރީގެ www.youth.gov.mv ގެ ވެބުސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ސެޓުފިކެޓުތަކުގެ ކޮޕީ:

ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިކްޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިކްޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިކްޓްކުރާކަށެއް ނުޖެހޭނެއެވެ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕުގެ ކޮޕީ)

ނ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

ރ- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭނެ ސާފު ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި:

2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 13:30

އެޕްލިކޭޝަން ހުށަހަޅަންވީ ތަން:

ވެލާނާގޭގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3347465 ނަންބަރު ފޯނަށެވެ.

29 މުޙައްރަމް 1438

30 އޮކްޓޫބަރު 2016
ހޯދާ