މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:   އެޑްމިނިސްޓްރޭޓިވް އޮފިސަރ

މުސާރަ: މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން:  ބިއުރޯ

ޝަރުޠު:

- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ބިއުރޯއިން ބާއްވާ ބައްދަލުވުންތަކުގެ ޔައުުމިއްޔާ ލިޔެ، ބައްދަލުވުންތަކުން ނިންމާ ކަންތައްތައް ކުރިއަށްދާ ގޮތް ބަލައި، ލިޔެކިޔުންތައް ބެލެހެއްޓުމާއި މެމްބަރުންނަށް ޔައުުމިއްޔާ ފޮނުވުން.
  • ސީނިއަރ ސްޓާފުންނާއެކު ޕީ.އެސް ބާއްވާ ބައްދަލުވުންތަކުގެ އެޖެންޑާ ހަދައި ޔައުމިއްޔާ ލިޔެ، ބައްދަލުވުންތަކުން ނިންމާ ކަންތައްތައް ކުރިއަށްދާ ގޮތް ބަލައި، ލިޔެކިޔުންތައް ބެލެހެއްޓުމާއި މެމްބަރުންނަށް ޔައުމިއްޔާ ފޮނުވުން.
  • ޑިޕާޓްމަންޓުގެ ވެރިންނާއެކު ޕީ.އެސް ބާއްވާ ބައްދަލުވުންތަކުގެ އެޖެންޑާ ހަދައި ޔައުމިއްޔާ ލިޔެ، ބައްދަލުވުންތަކުން ނިންމާ ކަންތައްތައް ކުރިއަށްދާ ގޮތް ބަލައި، ލިޔެކިޔުންތައް ބެލެހެއްޓުމާއި، މެމްބަރުންނަށް ޔައުމިއްޔާ ފޮނުވުން.
  • ބިއުރޯއަށް ލިބޭ ލިޔުންތަކަށް މިނިސްޓަރ އަދި ޕީ.އެސްގެ ލަފާއާއެކު ޖަވާބު ދިނުމަށްފަހު ފައިލްކުރުން.
  • ބިއުރޯއިން ރާވާ ދަތުރުތަކުގެ ހުއްދަ ހޯދުމާއި، ދަތުރުގެ އެހެނިހެން ކަންކަން ހަމަޖެއްސުން.
  • ޕީ.އެސް. ގެ އެޕޮއިންޓްމަންޓް ހަދައި، ލިބޭ ދަޢުވަތުތައް ރެކޯޑުކޮށް ބެލެހެއްޓުން.
  • މަސައްކަތް: ކޮންމެ މަހެއް ނިމުމުން އެ މަހެއްގައި ބިއުރޯގައި ކުރެވުނު މަސައްކަތްތަކުގެ ތަފުސީލު ހިމެނޭނެހެން މަންތުލީ ރިޕޯޓު ތައްޔާރުކޮށް، ފެށޭމަހުގެ 5 ވަނަ ދުވަހުގެ ކުރިން ސުޕަވައިޒަރަށް ފޮނުވުން.
  • ސެކްޝަންގެ ދުވަހު ޔައުމިއްޔާ ލިޔެ އިދާރީ ސެކްޝަނަށް ފޮނުވުން.

ނޯޓް:

- މި މަޤާމުގެ އިންޓަވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގރޫމުގައެވެ.

- މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މިމަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ 10 ފަރާތާއެވެ.

- ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު.
  • ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްނަމަ، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ލިބިފައިވާ ހުރިހާ ސެޓުފިކެޓުތަކުގެ ކޮޕީ.

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލިމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ)

    (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށްނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

    (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ  ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގޭގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

    ވެބްސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް.

29 މުޙައްރަމް 1438

01 ނޮވެންބަރު 2016
ހޯދާ