އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ - ޕްރޮކިއުމަންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓެންޓް އޮފިސަރ

ޑިޕާޓްމަންޓް: ޕްރޮކިއުމަންޓް

ތަޢުލީމާ ތަޖުރިބާ:

  • ޖީ.ސީ.އީ އޯލެވެލް 5 މާއްދާއިން ނުވަތަ ޖީ.ސީ.އީ އޭލެވެލް 2 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން.
  • މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ޤާބިލުކަން ހުރުން.
  • މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  • އިނގިރޭސީންނާއި ދިވެހިން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުން.
  • ޓީމަކާ އެއްކޮށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން. 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ގަންނަންޖެހޭ ތަކެތި ގަތުމުގެ މަސައްކަތްކުރުން.
  • ތަކެތި ގަތުމާ ގުޅިގެން ކުރާ މުޢާމަލާތްތަކުގެ ލިޔެކިޔުންތައް ހެދުމާއި ފައިލްކޮށް ބެލެހެއްޓުން.
  • ބީލަމުގެ މަސައްކަތްތައްކޮށް ބެލެހެއްޓުން.
  • މިނޫންވެސް ޕްރޮކިއުމެންޓް ދާއިރާއާ ގުޅުންހުރި މަސައްކަތްތައް ކުރުން.

މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެމަތިން 

ކުރިމަތިލުމުގެ ސުންގަޑި: 2016 ނޮވެންބަރު 9 ވަނަ ދުވަހުގެ 14:00 ގެ ކުރިން

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • ވަޒީފާއަށް އެދޭ ފޯމު.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ސީވީ.

ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނަވޭނެއެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

01 ނޮވެންބަރު 2016
ހޯދާ