މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
މަލްޓި މީޑިއާ ސްޕެޝަލިސްޓް

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ޑިޖިޓަލް މީޑިއަރ ކޮންސަލްޓެންޓް

މުސާރަ: މަހަކު -/8,000 ރުފިޔާ

އެލަވަންސް: މަހަކު -/14,000 ރުފިޔާ

ޑިޕާޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ ޑިޖިޓަލް މީޑިއަރ އެންޑް އޮންލައިން މާކެޓިންގ

ބޭނުންވާ އަދަދު: 1

ޝަރުޠު:

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޑިޓަލްމީޑިއަރ/ސޮފްޓްވެއަރ ޑިޒައިނިންގގެ ދާއިރާގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މިކޯޕަރޭޝަނުގެ ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ ސެކްޝަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުން.
  2. ޑިޖިޓަލް މީޑިއަރ ކެމްޕެއިންތައް ރާވައި ކުރިއަށްގެންދިއުން.
  3. މި ކޯޕަރޭޝަންގެ ވެބްސައިޓްގެ އޯޑިއަންސަށް ކަމުދާނެ ފަދަ ތަފާދު ބައިތައް (ފޮޓޯ، ވީޑިއޯ، މަޢުލޫމާތު) ހިމަނައި، ވެބްސައިޓް ޑިވެލޮޕްކޮށް، މޮނިޓަރކޮށް، އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  4. މި ކޯޕަރޭޝަނަށް ބޭނުންވާ ސޮފްޓްވެއަރ ތައްޔާރުކުރުމާއި ބެލެހެއްޓުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން:  2016 ނޮވެންބަރު 8 ވާ އަންގާރަދުވަހުގެ 13:30 ގެ ކުރިން ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް.

:ހުށަހަޅަންޖެހޭ ލިޔުންތައް

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މިބައިގައި މާކްސް ދެވޭނީ، އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކަށެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ.)

 :އިތުރު މަޢުލޫމާތު

  • މިމަޤާމަށް މީހުން ހޮވުމުގައި، ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމަށް މީހުން ހޮވުމުގައި ދިވެހިބަހުގެ އަދި އިނގިރޭސިބަހުގެ އިތުރުން އެހެން ބަސްތަކުން ލިޔަން އަދި ކިޔަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނަށެވެ.
  • މި މަޤާމަށް އިންޓަވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 5 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ. 

ސިޓީ އެޑްރެސް ކުރައްވާނީ:

ޙާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

2 ޞަފަރު 1438

02 ނޮވެންބަރު 2016
ހޯދާ