ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ލޯކަލް ކޮންސަލްޓަންޓް

އިޢުލާން

ކޮންސަލްޓަންސީގެ ފުރުޞަތު:

މި އޮތޯރިޓީގެ ނަންބަރު (IUL)418-AS/418/2016/6 ގެ އިޢުލާނާ ގުޅިގެން "ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު 2017-2021" ތައްޔާރުކުރުމުގެ ލޯކަލް ކޮންސަލްޓަންސީއަށް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމުގައިވާތީ، އެ އިޢުލާން ބާޠިލްކޮށް، އެ ފުރުޞަތު އަލުން ހުޅުވައިލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޕްރޮޕޯޒަލް ހުށަހެޅުން އެދެމެވެ.

މަޤާމް:

ލޯކަލް ކޮންސަލްޓަންޓް (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު 2017 – 2021 ތައްޔާރުކުރުން) 

މަސައްކަތުގެ އަގު:

ޝައުޤުވެރިވާ ފަރާތުން ޕްރޮޕޯސަލްއާއެކު، އަގު ހުށަހެޅުމަށް

މަސައްކަތުގެ މުއްދަތު:

10 ހަފްތާ

ތަޢުލީމާއި ތަޖުރިބާ:

 

1. ސޯޝަލް ސައެންސް، ޑިވެލޮޕްމަންޓް ސްޓަޑީޒް ނުވަތަ ޕޮލިސީ ސްޓަޑީޒް، ދާއިރާއިން މާސްޓަރސް ޑިގްރީ ލެވެލަށް ތަޢުލީމް ހާސިލުކޮށްފައިވުން.

2. ސިޔާސަތު އެކުލަވައިލުމުގެ މަސައްކަތުގައްޔާއި ސްޓެރެޓީޖިކް ޕްލޭނިންގެ ދާއިރާގައި ޢަމަލީގޮތުން މަސައްކަތްކޮށް، ސިޔާސަތާއި، ސްޓްރެޓަޖީއާއި، އެކްޝަން ޕްލޭން ތައްޔާރުކުރުމުގެ ތަޖުރިބާއާއި ޤާބިލްކަން ހުރުން.

3. މަލްޓި-ސްޓޭކްހޯލްޑަރ ލެވެލްގެ ވަރކްޝޮޕް ހިންގުމުގެ ތަޖުރިބާއާއި، ފޯކަސް ގްރޫޕް ޑިސްކަޝަންސް ފެސިލިޓޭޓްކުރުމާއި، އިޖުތިމާޢީ ދިރާސާކުރުމުގެ މެތަޑްތަކަށް ފަރިތަވުމާއި، ތަޖުރިބާހުރި، ޤާބިލް ފަރާތަކަށްވުން.

4. އިނގިރޭސިބަހާއި ދިވެހިބަހުން ފަސޭހަކަމާއެކު ވާހަކަދައްކާށާއި، ލިޔަން ކިޔަން އެނގުން.

5. އޮފީހުގެ މަސައްކަތްތަކަށް ބޭނުންވާވަރަށް ކޮމްޕިއުޓަރ ބޭނުންކުރަން އެނގުން.

6. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމާއި، ގިނަ ބަޔަކާ އެކުގައި ގުޅިގެން މަސައްކަތްކުރުން.

7. އަތޮޅުތަކަށް މި މަސައްކަތާ ގުޅިގެން ދަތުރުކުރުމަށް ޢުޒުރުވެރިނުވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

 

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނޫ ތަންފީޒުކުރުމަށް 2014 ވަނަ އަހަރުން 2016 އަށް ހެދިފައިވާ 'މޯލްޑިވްސް ޑޮމެސްޓިކް ވަޔަލަންސް ޕްރިވެންޝަން ނެޝަނަލް ސްޓްރެޓަޖީ' ތަންފީޒުކުރެވިފައިވާ މިންވަރު މޮނިޓަރކޮށް، 2017-2021 ވަނަ އަހަރަށް ގެވެށި އަނިޔާ ހުއްޓުވުގެ ޤާނޫނު ތަންފީޒުކުރުމަށް ބޭނުންވާ ޤައުމީ ސިޔާސަތު ތައްޔާރުކުރުން.

މިގޮތުން ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި އަދި މިނޫންވެސް ގެވެށި އަނިޔާ ހުއްޓުވުމަށް މިހާރު ބޭނުންކުރެވެމުންދާ އެކިއެކި މިންގަނޑުތަކަށް ބަލައި، އިޖުތިމާޢީ ޚިދުމަތްދޭ މުއައްސަސާތަކާއި، ޞިއްޙީ ދާއިރާއާއި، ފުލުހުންނާއި، ޖުޑީޝަރީއާއި، ކައުންސިލްތަކާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި،  ކަމާ ގުޅުންހުރި އެނޫން މުއައްސަސާތައް އެކުގައި ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާއި، ކުރާނެ މަސައްކަތްތައް ކަނޑައެޅުން.

ނޯޓު: ކުރަންޖެހޭ މަސައްކަތުގެ އިތުރު ތަފްސީލް ހިމެނޭ ޓީ.އޯ.އާރު ތިރީގައިމިވާ ލިންކުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

https://www.dropbox.com/s/nim21eu0p9ecmtn/TOR%20-DVPNS%202017-2021.pdf?dl=0

ހުށަހަޅަންޖެހޭ ތަކެތި:

މި ކޮންސަލްޓަންސީއަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލްއާއެކު (މަސައްކަތުގެ އަގާއެކު) ތިރީގައިވާ މަޢުލޫމާތު  ހުށަހަޅަންވާނެއެވެ.

1- ކޮންސަލްޓަންސީއަށް ކުރިމަތިލާކަމުގެ ސިޓީ

2- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރައްވައި، އެޓެސްޓްކުރައްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

3- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

4- ކޮންސަލްޓަންސީއަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6- ކޮންސަލްޓަންސީއަށް އެދޭ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ)

އިންޓަވިއު:

މަތީގައިވާ ކޮންސަލްޓަންސީއަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

ނޯޓު:

- މި ކޮންސަލްޓަންސީއަކީ، ކޮންޓްރެކްޓް އުސޫލުން 10 ހަފުތާގެ މުއްދަތަށް ކަނޑައަޅާފައިވާ ކޮންސަލްޓަންސީއެކެވެ.

- ކޮންސަލްޓަންސީއަށް ހޮވޭނީ، ތަޢުލީމީ ސެޓުފިކެޓުތަކާއި، ޕްރޮފެޝަނަލް ކޮލިފިކޭޝަނާއި، އިންޓަވިއުއަށް ބަލައިގެން، އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ސުންގަޑި:

މި ކޮންސަލްޓަންސީއަށް އެދޭ ފަރާތްތަކުން، މި އޮތޯރިޓީ (ހ. ފުލިދޫގެ، 2 ވަނަ ފަންގިފިލާ) ގެ ރިސެޕްޝަނަށް، ޕްރޮޕޯސަލްއާއި މަތީގައި ބަޔާންކުރެވިފައިވާ އެހެނިހެން ލިޔެކިޔުންތައް، 2016 ނޮވެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

ފޯން: 3010551

ފެކްސް: 3010552

އީމެއިލް: [email protected]

1 ޞަފަރު 1438

01 ނޮވެންބަރު 2016
ހޯދާ