މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ކޮންސަލްޓެންސީ ސަރވިސަސް ފޮރ ދަ ކޮންސްޓްރަކްޝަން ސުޕަރވިޝަން އޮފް ޕްރޮވިޝަން އޮފް ވޯޓަރ ފެސިލިޓީޒް އަންޑަރ ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް

ޕްރޮޖެކްޓް ނަންބަރު: TES/2016/C-018

ޝައުޤުވެރިކަން ހުށަހެޅުމުގެ ދަޢުވަތު

ކޮންސަލްޓެންސީ ސަރވިސަސް ފޮރ ދަ ކޮންސްޓްރަކްޝަން ސުޕަރވިޝަން އޮފް ޕްރޮވިޝަން އޮފް ވޯޓަރ ފެސިލިޓީޒް އަންޑަރ ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް

(ލޯން ނަންބަރު 1669B)

1. އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދިވެހި ސަރުކާރަށް ލޯނު އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފެނުގެ ނިޒާމު ޤާއިމުކުރުމުގެ ކޮމްޕޯނަންޓްގެ ދަށުން 9 (ބ.އޭދަފުށި، ތ.ވިލުފުށި، ހއ.ހޯރަފުށި، ހދ.ހަނިމާދޫ، ށ.މިލަންދޫ، ރ.އުނގޫފާރު، ދ.ކުޑަހުވަދޫ، ގއ.ވިލިނގިލި އަދި ތ.ގުރައިދޫ) ރަށުގައި ޤާއިމުކުރާ ފެނުގެ ނިޒާމުގެ މަސައްކަތް ސުޕަވައިޒްކުރުމަށްޓަކައި ސުޕަރވިޝަން ކޮންސަލްޓެންޓެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

2. މި ކޮންސަލްޓެންސީ މަސައްކަތްތަކުގެ ތެރޭގައި، ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ސުޕަވައިޒް ކުރުން، ޕްރެލިމިނަރީ ޑިޒައިން ޗެކްކުރުން، މެޓީރިއަލް ޗެކްކުރުން، މަސަކަތްތައް ކޯޑިނޭޓްކުރުން، ފީލްޑް ސަރވޭތައް ސުޕަވައިޒްކުރުން، ކޮލިޓީ ކޮންޓްރޯލް އަދި ކޮލިޓީ އެޝުއަރެންސް ޕްލޭން ހެދުން، ޕްރޮޖެކްޓް ކޮސްޓް ކޮންޓްރޯލާއި ޕްރޮޖެކްޓް ޕްރޮގްރެސް ކޮންޓްރޯލް ޕްލޭން ހަދައި، އޮފިޑް ޕީ.އެމް.ޔޫ. އަށް/މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ރިޕޯޓްކުރުން ހިމެނެއެވެ. މީގެ އިތުރުން އެކްސެޕްޝަން ޓެސްޓްތައް ސުޕަވައިޒްކޮށް ބޭނުންވާ ސެޓުފިކެޓުތަކާއި ރިޕޯޓްތައް ހަދައި ހުށަހެޅުން، އޮޕަރޭޝަންސް އަދި މެއިންޓެނަންސް މެނުއަލް ތައްޔާރުކުރުން، މީހުން ތަމްރީނުކުރުމުގެ މަސައްކަތް ހިމެނެއެވެ. މިމަސައްކަތުގެ މުއްދަތަކީ 18 މަސްދުވަހެވެ.

3. މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

4. މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެވާހަކަ ދަންނަވަމެވެ.

5. ވީމާ، މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 13:00ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުން އެދެމެވެ.

6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަން

ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޜަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 102 3349 960+ / 106 3349 960+

ފެކްސް: 706 3320 +960

އީ މެއިލް: [email protected]

ކޮޕީ: [email protected]

02 ނޮވެންބަރު 2016
ހޯދާ