ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވެލޮޕަރ (ވަގުތީ)

 

ވަޒީފާގެ ފުރުޞަތު

މަޤާމު:           ސޮފްޓްވެއަރ ޑިވެލޮޕަރ (ވަގުތީ)

ބޭނުންވާ އަދަދު:      2 (ދޭއް)

މުއްދަތު:          6 (ހައެއް) މަސްދުވަސް

މުސާރައާއި ޢިނާޔަތް:   މަހަކު -/15,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:  ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަސައްކަތްކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

(ހ) މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

(ށ) PHP ނުވަތަ .NET ޓެކްނޮލޮޖީއަށް އަހުލުވެރިވުން.

(ނ) JQuery, CSS3 ,HTML5, JavaScript ފަދަ ވެބް ޓެކްނޮލޮޖީއަށް އަހުލުވެރިވުން.

(ރ) MSSQL ނުވަތަ MySQL އަށް އަހުލުވެރިވުން.

(ބ) ސިސްޓަމް އެނަލައިސިސް އެންޑް ޑިޒައިނިންގ އަދި ސޮފްޓްވެއަރ ޑިވެލޮޕްމެންޓް ލައިފް ސައިކަލަށް އަހުލުވެރިވުން.

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމު ވެސް ބަލައިގަނެވޭނެއެވެ. (އީމެއިލް [email protected]) އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

2- ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން

2 ޞަފަރު 1438

02 ނޮވެންބަރު 2016
ހޯދާ