މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑިސެންބަރުމަހުގެ ޢުމްރާދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދެއްވާނެ މީހުން ހޯދުމަށް

މި ކޯޕަރޭޝަންގެ ފަރާތުން މިއަހަރުގެ ޑިސެންބަރުމަހުގެ 4 އިން 19 އަށް ކުރުމަށް ހަމަޖެހިފައިވާ ޢުމްރާދަތުރުގައި ހިލޭސާބަހަށް މަސައްކަތްކޮށްދެއްވާނެ މީހުން، ތިރީގައި މި ދަންނަވާ މަޤާމުތަކަށް ބޭނުންވެއެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު:

  • ޑޮކްޓަރު

އަދަދު:

  • 1

ފެންވަރު ނުވަތަ ޝަރުޠު

  • މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓަރީވެފައިވާ ފަރާތެއް ކަމުގައިވުން.      
  • މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި މީހުން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.
  • އަންހެން ބޭފުޅެއްނަމަ 45 އަހަރުން މަތީގެ މީހެއް ކަމުގައިވުން.
  • ޢަރަބިބަހުން ނުވަތަ އިނގިރޭސިބަހުން މުޢާމަލާތު ކުރަން އެނގޭ މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

  • މީހުންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި، ފަރުވާދޭންޖެހޭ ބަލިމީހުންނަށް ފަރުވާދިނުމާއި، ޞިއްޙީ އިރުޝާދު ދިނުން.
  • މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި މީހުން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންކަން ކުރުން.

މަޤާމު:

  • ކައްކާ

އަދަދު:

  • 2

ފެންވަރު ނުވަތަ ޝަރުޠު

  • ދިވެހީންނަށް ކަމުދާގޮތަށް ދިވެހި ކެއްކުންތަކާއި، މިޒަމާނުގައި އާންމުކޮށް ބޭނުންކޮށްއުޅޭ ކާނާގެ ބާވަތްތައް ތައްޔާރު ކުރަން އެނގޭ މީހަކު ކަމުގައިވުން.
  • ކެއްކުމުގެ ހުނަރު ލިބިފައިވުމާއެކު، ގިނަ އަދަދެއްގެ ބަޔަކަށް ކައްކައި ކާންދިނުމުގެ ތަޖުރިބާ ލިބިފައިވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ކައްކައި ކާންދިނުމުގެ ޚިދުމަތްތައް ދިނުން.
  • ކާ ގަޑިތަކުގެ އިންތިޒާމު އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.
  • ބަދިގޭގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ކެއްކުމަށް ބޭނުންވާ ތަކެތި ހޯދުމަށް ބާޒާރުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • "ޙައްޖު އަދި ޢުމްރާދަތުރުތަކުގައި ހިލޭ ސާބަހަށް މަސައްކަތްކޮށް ދިނުމަށް އެދި ހުށަހަޅާ ފޯމު"
  • (މި ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން މި ފޯމު ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާނަމަ، އެކަން އަންގައިދޭ ލިޔުމެއް.

ސުންގަޑި:

  • 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.
02 ނޮވެންބަރު 2016
ހޯދާ