މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3   

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

1,562/75 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ އޮފީސް، ސެކްޝަން، ރަށް:

އެގްޒެކަޓިވް ސެކްރެޓޭރިޔަޓް ޔުނިޓް / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ /  މާލެ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. އެޑްމިނިސްޓްރޭޓިވް ދާއިރާއަކުން ދިވެހިރާއްޖެގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު،  އެޑްމިނިސްޓްރޭޓިވް މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. މިނިސްޓަރާއި، ސްޓޭޓް މިނިސްޓަރުންނާއި، މިނިސްޓަރުގެ ނާއިބުންނާއި، ޕޮލިޓިކަލް ކޯޑިނޭޓަރުން ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ އެންމެހައި އިންތިޒާމް  ހަމަޖެއްސުމާއި،  ފުރުވުމުގެ އެންމެހައި ކައްތައް ކުރުމާއި، ފުރުވުމަށްޓައި އެއަރޕޯޓަށް ދިއުން.

2. މިނިސްޓަރާއި، ސްޓޭޓް މިނިސްޓަރުންނާއި، މިނިސްޓަރުގެ ނާއިބުންގެ އެޕޮއިންޓްމަންޓްތައް ޝެޑިއުލްކުރުމާއި، ހަމަޖެއްސުމާއި، އެޕޮއިންޓްމަންޓްތަކުގެ ޔައުމިއްޔާ ގަވާއިދުން ލިޔެ އެ އެޕޮއިންޓްމަންޓްތަކާ ގުޅޭގޮތުން ފޮލޯއަޕް ހަދަންޖެހޭ ކަންތައްތައް  ފާހަގަކޮށް، އެކަމާގުޅޭ މުވައްޒަފުންނާ ގުޅިގެން އެކަންކަން ތަންފީޒުވަމުންދާގޮތް ބަލަހައްޓައި، އެކަންކަމުގެ މަޢުލޫމާތު ކަމާބެހޭ ސިޔާސީ ބޭފުޅަކަށް އެރުވުން. 

3. މިނިސްޓަރާއި، ސްޓޭޓް މިނިސްޓަރުންނާއި، މިނިސްޓަރުންގެ ނާއިބުންގެ ސެކްރެޓޭރިއެޓްގެ މަސައްކަތާއި، ޕޮލިޓިކަލް ކޯޑިނޭޓަރުންނާއި އެގްޒެކެޓިވް ސަރވިސް ޔުނިޓާ ގުޅުންހުރި އިދާރީ މަސައްކަތްތައް ބެލެހެއްޓުން.

4. މިނިސްޓްރީން ރާވައި ހިންގާ އެކިއެކި އިވެންޓްތަކުގެ ތެރެއިން މިނިސްޓަރާއި، ސްޓޭޓް މިނިސްޓަރުންނާއި، މިނިސްޓަރުގެ ނާއިބުން ބައިވެރިވެވަޑައިގަންނަވާ އެކިއެކި އިވެންޓްތަކާބެހޭ މަޢުލޫމާތު ރާއްޖޭގެ މީޑިޔާއަށް ފޯރުކޮށްދިނުމުގެ ކަންތައް ހަމަޖެއްސުން.  

5. ރާއްޖެއިން ބޭރުގެ ޑެލިގޭޓުންނާއެކު މިނިސްޓަރާއި، ސްޓޭޓް މިނިސްޓަރުންނާއި، މިނިސްޓަރުގެ ނާއިބުން ބާއްވަވާ ބައްދަލުވުންތަކާއި އެހެނިހެން މީޓިންތައް ހަމަޖެއްސުން.

6. މިނިސްޓަރާއި، ސްޓޭޓް މިނިސްޓަރުންނާއި، މިނިސްޓަރގެ ނާއިބުންގެ ދަޢުވަތަށް ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ޢިއްޒަތްތެރިންގެ އެންމެހައި ކަންތައްތައް ހަމަޖެއްސުމާއި، ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ޢިއްޒަތްތެރިންނަށް މިނިސްޓަރާއި، ސްޓޭޓް މިނިސްޓަރާއި، މިނިސްޓަރުގެ ނާއިބު ދެއްވާ ރަސްމީ  ފަރިއްކޮޅުތައް ހަމަޖެއްސުން.

7. ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު ޖަވާބުދާރީވާންޖެހޭ ކަންތައްތަކުގައި އެހީތެރިވެދިނުމާއި، އެކަންތައްތަކުގެ ރެކޯޑު  ބެލެހެއްޓުން.

8. މިނިސްޓްރީގެ އެކިއެކި ޑިޕާޓްމަންޓްތަކުން ކުރިއަށްގެންދާ އިވެންޓްތަކުގައި ބައިވެރިވުމާއި، އެ އިވެންޓްތައް ހިންގުމަށްޓަކައި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރަން ޖެހިއްޖެނަމަ އެކަންކަން ކުރުން.

9. މިނިސްޓަރާއި، ސްޓޭޓް މިނިސްޓަރާއި، މިނިސްޓަރުގެ ނައިބާއި، ޕޮލިޓީކަލް ކޯޑިނޭޓަރުން ރާއްޖޭގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ އެންމެހައި ކަންތައްތައް ހަމަޖެއްސުމާއި، އެ ދަތުފުޅުގައި ރާއްޖޭގެ ރަށްރަށް ދާންޖެހިއްޖެނަމަ ދިއުން.

10. ޔުނިޓުގެ  މުވައްޒަފަކު  ސަލާމުގައި  ނުވަތަ  ޗުއްޓީގައި  ހުރުމުގެ  ސަބަބުން  މަސައްކަތަށް ދަތިވާނަމަ، އެ މުވައްޒަފަކު  ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ހަވާލުކުރާ މަސައްކަތްތައް ކުރުމާއި، ޔުނިޓަށް އަންނަ ފޯނުކޯލްތަކަށް ޖަވާބުދާރީވުމާއި، ވަގުތުން ވަގުތަށް ކަމާބެހޭ ބޭފުޅުންނަށް މަޢުލޫމާތު އެރުވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

 

1. މިނިސްޓަރ/ ޕަރމަނަންޓް ސެކްރެޓަރީ ޔުނިޓް ފަދަ ތަނެއްގައި ސެކްރެޓަރީކަމުގެ ވަޒީފާ އަދާކޮށްފައިވާ ފަރާތެއްކަމުގައިވުން.

2. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާއި، މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.environment.gov.mv ގެ ވެބްސައިޓުން މި ފޯމު   ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގެރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޓިޑްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

ނ. ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްޓަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

ރ. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭ ފަރާތުގެ،  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

7. ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރައްވާކަމުގެ ލިޔުން. 

ސުންގަޑި: 

2016 ނޮވެންބަރު 13 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.

އިންޓަވިއު:

- އިންޓަވިއުއާއި  އިމްތިޙާންކުރުން،  14  ނޮވެންބަރު  2016  އާއި  30  ނޮވެންބަރު  2016 އާ ދެމެދުގެ ތާރީޚެއްގައި  މި  މިނިސްޓްރީގައި  އޮންނާނެއެވެ.

- މި  ވަޒީފާއަށް  އެދިފައިވާ،  ޝަރުޠު  ހަމަވާ  ފަރާތްތަކުގެ  އަދަދު 10  އަށްވުރެ  ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން، 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި މިނިސްޓްރީގެ  3018329 ނަންބަރު ފޯނަށް، ނުވަތަ 3018330 ނަންބަރު ފޯނަށް، ނުވަތަ 3018328 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

1 ޞަފަރު 1438 

 

01 ނޮވެންބަރު 2016
ހޯދާ