މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
'ޓްރެއިނިންގް ފޮރ ބައިލޮޖިކަލް އެންޑް ބިހޭވިއަރ ސާރވޭ' ގެ ޕްރޮގްރާމް ބޭއްވުމަށްޓަކައި ހޯލަކާއި، ބައިވެރިންގެ ސައި އަދި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

މިމިނިސްޓްރީގެ ދަށުން ހިންގަމުންދާ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ޓްރެއިނިންގ ފޮރ ބައިލޮޖިކަލް އެންޑް ބިހޭވިއަރ ސާރވޭ" ގެ ޕްރޮގްރާމް ބޭއްވުމަށްޓަކައި ހޯލަކާއި، ބައިވެރިންގެ ސައި އަދި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 9 ވާ ބުދަދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ ހެނދުނު 9:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

01 ނޮވެންބަރު 2016
ހޯދާ