ލަންދޫ ސްކޫލް، ނ. ލަންދޫ
ދިވެހިރާއްޖެ
މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

މަރާމާތުކުރުމުގެ މަސައްކަތަށް އަންދާސީހިސާބު ހޯދުން

މި ސްކޫލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް މިދަންނަވާ މަރާމާތުކުރުމުގެ މަސައްކަތް، އަމިއްލަ ޚަރަދުގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: GS-119/2016/30 އިޢުލާނާ ގުޅިގެން ޝައުޤުވެރިކަން ފާޅުކުރި (ޝަރުޠު ހަމަވާ) ފަރާތްތައް މަދުކަމުން އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ޑެސްކު މަރާމާތުކުރުން

ވީމާ، އަމިއްލަ ޚަރަދުގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ، (ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ) ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ލަންދޫ ސްކޫލް އޮފީސް

10 ނޮވެންބަރު 2016

ބުރާސްފަތި

13:00

އަންދާސީހިސާބު ހުށަހެޅުން

ލަންދޫ ސްކޫލް އޮފީސް

15 ނޮވެންބަރު 2016

އަންގާރަ

13:00

  • އަންދާސީހިސާބު އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް:

#

ޕޮއިންޓްދިނުމުގައި ބެލެވޭނެ ކަންތައް

ޕޮއިންޓް

1

މަސައްކަތުގެ އަގަށް

65

2

މަސައްކަތުގެ މުއްދަތަށް

25

3

މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް

5

4

މަސައްކަތުގެ ތަޖުރިބާއަށް

5

 

ޖުމްލަ: (ސަތޭކަ)

100

ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރާތަކުން، އެ ފަރާތެއްގެ ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ، އެ ކުންފުންޏެއްގެ ނުވަތަ އަމިއްލަ ފަރާތެއްގެ ސިޓީއެއް އެބޭފުޅަކާއެކު ފޮނުއްވަންވާނެއެވެ. މަޢުލޫމާތުދިނުމުގެ ސެޝަނަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

1 ޞަފަރު 1438

01 ނޮވެންބަރު 2016
ހޯދާ