ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެއްއަހަރު ދުވަހުގެ މުއްދަތަށް އެސްޓީއޯގެ ފިހާރަތަކަށް ކަނޑުމަގުން މުދާ ގެންގޮސްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އެއްއަހަރު ދުވަހުގެ މުއްދަތަށް އެސްޓީއޯގެ ފިހާރަތަކަށް ކަނޑުމަގުން މުދާ ގެންގޮސްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އެއްއަހަރު ދުވަހުގެ މުއްދަތަށް އެސްޓީއޯގެ ފިހާރަތަކަށް ކަނޑުމަގުން މުދާ ގެންގޮސްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 60-އޭޑީއެމް/241/2016 އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވައިލަމެވެ.

މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ.

ރަޖިސްޓަރީކުރުންރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2016 ނޮވެންބަރު 9 ވަނަ ދުވަހުގެ 10:00 ގެ ކުރިން އެސް.ޓީ.އޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ. 

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 ނޮވެންބަރު 9 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ. 

މަޢުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 ނޮވެންބަރު 10 ވަނަ ދުވަހުގެ 15:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑްއޮފީހުގައި އޮންނާނެއެވެ. 

ސުވާލާއި ޖަވާބުރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 ނޮވެންބަރު 15 ވަނަ ދުވަހުގެ 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2016 ނޮވެންބަރު 17 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ. 

ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 ނޮވެންބަރު 22 ވަނަ ދުވަހުގެ 15:00 ގައި އެސް.ޓީ.އޯ ހެޑްއޮފީހުގައެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:  3344180، 3344196

ފެކުސް:  3344633

އީމެއިލް: [email protected]

31 އޮކްޓޫބަރު 2016
ހޯދާ