މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އާރު ސޮފްޓްވެއަރ ސަޕްލައިކޮށްދޭ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

މި މިނިސްޓްރީއަށް އެޗް އާރު ސޮފްޓްވެއަރ ސަޕްލައިކޮށްދޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)23-AP/23/2016/83  (25 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވާ ބައެއް ފަރާތްތަކުގެ އަންދާސީހިސާބުގެ މައުލޫމާތު ފުރިހަމަނުވާތީ، ވާދަކުރާނެ ތިންފަރާތް ނެތުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެ ހެނދުނު 9:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 9:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

31 އޮކްޓޫބަރު 2016
ހޯދާ