ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މެޑިކަލް އޮފިސަރ (ވޭޖް އެމްޕްލޯއިމަންޓް)

މަޤާމް :މެޑިކަލް އޮފިސަރ (ވޭޖް އެމްޕްލޯއިމަންޓް)
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

މެޑިކަލް އޮފިސަރ

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޯއިމަންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ޖެނެރަލިސްޓް މެޑިކަލް ޕްރެކްޓީސަނަރސް

މަޤާމުގެ ރޭންކް:

CS12- 1

މުސާރަ:

ފަރުވާ ދެއްވާ ކޮންމެ ގަޑިއަކަށް -/200 (ދުއިސައްތަ) ރުފިޔާގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ގަޑި:

ހަފްތާއަކު 6 ދުވަހު، ކޮންމެ ދުވަހަކު 2 ގަޑިއިރަށް (އެމެޖެންސީ ހާލަތްތަކުގައި، އިތުރު އުޖޫރައަކާ ނުލައި ހާޒިރުވުން)

ޑިޕާޓްމަންޓް:

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން / ސެކްޝަން:

ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރ (ޏ. ފުވައްމުލައް)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. އެން.ޑީ.އޭގެ ދަށުން ޏ. ފުވައްމުލަކުގައި ހިނގަމުންދާ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓކްސިފިކޭޝަން ސެންޓަރުގެ ކްލައިންޓުންނަށް ބޭނުންވާ ފަރުވާދިނުމުގެ އެންމެހައި މަސައްކަތްކުރުން.

2. ކްލައިންޓުންނަށް ދެވޭ ފަރުވާއާ ގުޅޭގޮތުން ދޭންޖެހޭ ކައުންސެލިންގ ދިނުމުގެ މަސައްކަތްކުރުން.

3. ފަރުވާ ދެވޭ ކްލައިންޓުންގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި، ކްލައިންޓުންގެ ޑާޓާ ތައްޔާރުކޮށް ބެލެހެއްޓުން.

4. ޑްރަގް އެޑިއުކޭޝަން ސެމިނާރުތަކާއި، ކްލާސްތަކާއި، ހެލްތު އެޑިއުކޭޝަން ސެޝަންތައް، ކައުންސެލަރުންނާއި ކްލައިންޓުންނަށް ނަގައިދިނުމުގެ އެންމެހައި މަސައްކަތްކުރުން.

ތަޢުލީމާއި ތަޖުރިބާ:

މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރައްވާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރައްވާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުން.

ނޯޓު: މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިސްކަންދެވޭނީ ދިވެހިންނަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި،  ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު، ނޭޝަނަލް ޑްރަގް އެޖެންސީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި  މި  އެޖެންސީގެ www.nda.gov.mv  ގެ  ވެބްސައިޓުންނާއި،  ސިވިލް  ސަރވިސް  ކޮމިޝަނުގެ ވެބްސައިޓުން މި ފޯމުތައް ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓެއް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

3. ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޓިޑްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބޭނުންކުރާނެއެވެ.

4. މެޑިކަލް އޮފިސަރުގެ މަޤާމަށް ހުށަހަޅާ ފަރާތްތަކުން، މޯލްޑިވްސް މެޑިކަލް ކައުންސިލުގައި މެޑިކަލް އޮފިސަރެއްގެގޮތުގައި ރަޖިސްޓްރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ހުށަހަޅަންވާނެއެވެ.

5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ، ރެފްރީންގެ ލިޔުން، ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

8. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް. 

9. މަސައްކަތުގެ  ތަޖުރިބާ  ދެނެގަތުމަށް،  މަސައްކަތުގެ  ތަޖުރިބާގެ  ލިޔުން (މި  ލިޔުމުގައި،  އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

- ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލު ގެނައުމަށް ހަމަޖެހިފައިވަނީ އިންޓަވިއުއަށް ހާޒިރުވާއިރުއެވެ.

ސުންގަޑި:

2016 ނޮވެންބަރު 15 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ނޭޝަނަލް ޑްރަގް އެޖެންސީ (ގ. ގްރީންގެ) އަށް ހުށަހަޅަން ވާނެއެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

- އިންޓަވިއު އޮންނާނީ، 2016 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެމަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށްފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3343061 ނަންބަރު ފޯނަށެވެ.

  30 މުޙައްރަމް 1438
31 އޮކްޓޫބަރު 2016
ހޯދާ