ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ތަށިމުށި ނައްޓައި ޖެހުމުގެ މަސައްކަތްތަކެއް ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ތަށިމުށި ނައްޓައި ޖެހުމުގެ މަސައްކަތްތަކެއް ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެ.

ފެކަލްޓީ އޮފް ހެލްތް ސައިންސަސް އިމާރާތުގެ އެކި ލެވެލްތަކުގައި ނެއްޓިފައިވާ ތަށިމުށިތަކާއި، ބާވުމުން ބަދަލުކުރުމަށް ބޭނުންވާ ތަށިމުށީގެ މަސައްކަތެއް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 8 ވަނަ ދުވަހުގެ 11:30 އަށް މިފެކަލްޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 14 ވަނަ ދުވަހުގެ 11:30 އަށް މި ފެކަލްޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3346510 ، 3346500 އަށެވެ.

30 މުޙައްރަމް 1438

31 އޮކްޓޫބަރު 2016
ހޯދާ