ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕީ.އެޗް.ޑީ ކޯސްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާ ބެހޭ

އިޢުލާން

މި ޔުނިވަރސިޓީގެ ފެކަލްޓި އޮފް އެޑިޔުކޭޝަނާއި ފެކަލްޓީ އޮފް އާޓްސް އިން ހިންގުމަށް، 24 އޮގަސްޓު 2016 ގައި އިޢުލާނު ކުރި، ޕީ.އެޗް.ޑީ ކޯސްތަކަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު 24 ނޮވެންބަރު 2016 ގެ ނިޔަލަށް ވަނީ އިތުރު ކުރެވިފައެވެ. އަދި މި ކޯސްތަކާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2016 ނޮވެންބަރު 8 ވާ އަންގާރަދުވަހުގެ ހެނދުނު 10:00 ގައި ޔުނިވަރސިޓީގެ އޭ ބްލޮކްގެ ސެމިނަރރޫމުގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ވާހަކަ ކޯސްތަކަށް ޝައުޤުވެރިވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

31 އޮކްޓޫބަރު 2016
ހޯދާ