ދިވެހިރާއްޖެ
އެސްޓީއޯގެ އުޅަނދުތަކާއި އެސްޓީއޯ އިން ކުއްޔަށް ހިފާފައި ހުންނަ އުޅަނދުތަކަށް ފެން ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް، އެސްޓީއޯގެ އުޅަނދުތަކާއި އެސްޓީއޯ އިން ކުއްޔަށް ހިފާފައި ހުންނަ އުޅަނދުތަކަށް ފެން ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތް: އެސްޓީއޯ ގެ އުޅަނދުތަކާއި އެސްޓީއޯ އިން ކުއްޔަށް ހިފާފައި ހުންނަ އުޅަނދުތަކަށް ފެން ސަޕްލައިކޮށްދިނުން
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ.
ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރަން ބޭނުންފުޅުވާ ބޭފުޅުން 2016 ނޮވެންބަރު 8 ވަނަ ދުވަހުގެ 10:00 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 ނޮވެންބަރު 9 ވަނަ ދުވަހުގެ 15:30 ގެ ކުރިން އީމެއިލުންނެވެ.
މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް 2016 ނޮވެންބަރު 9 ވަނަ ދުވަހުގެ 11:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑްއޮފީހުގައި އޮންނާނެއެވެ.
ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 ނޮވެންބަރު 14 ވަނަ ދުވަހުގެ 11:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުއްވަންވާނެއެވެ. އަދި 2016 ނޮވެންބަރު 15 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 ނޮވެންބަރު 20 ވަނަ ދުވަހުގެ 14:30 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:
ފޯން: 3344196, 3344374
ފެކްސް: 3344633
އީމެއިލް: [email protected]