މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ޗީފް އެކައުންޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

"ޗީފް އެކައުންޓެންޓް"  ގެ  މަޤާމަށް  މީހަކު  ހޯދުމަށް މި އޮފީހުން  ކޮށްފައިވާ  ނަންބަރު  216MPAO/I/2016/28 (13 އޮކްޓޫބަރު 2016)  ގެ  އިޢުލާނާ  ގުޅިގެން،  އެ ވަޒީފާއަށް  ކުރިމަތިލީ ފަރާތްތަކުގެ އަދަދު އެކަށީގެންވާވަރަށްވުރެ މަދުކަމަށް ފާހަގަކުރެވޭތީ، އެ އިޢުލާން ބާޠިލުކޮށް، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.

މަޤާމް: ޗީފް އެކައުންޓެންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: މަހަކު -/24،000 ރުފިޔާއާއި -/26،000 ރުފިޔާއާ ދެމެދުގެ އަދަދެއް

ފެންވަރު ނުވަތަ ޝަރުޠު:

1. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ބެޗެލާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން، ނުވަތަ، އޭ.ސީ.ސީ.އޭ، އޭ.އޭ.ޓީ، ސީމާ ނުވަތަ ސީ.ޕީ.އޭގެ ޕްރޮފެޝަނަލް ލެވެލްގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.

2. އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިންް މެނޭޖްމެންޓް ލެވެލްގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން. 

3. މައިކްރޯސޮފްޓް  އެކްސެލް، ކުއިކް ބުކްސް، އޮފީސް އެޕްލިކޭޝަން ސޮފްޓްވެއަރ ރަނގަޅަށް ބޭނުންކުރަން އެނގުން.

4. ދިވެހިބަހާއި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.

ސުންގަޑި:

- މި  މަޤާމަށް  ޝައުޤުވެރިވާ  ފަރާތްތަކުން،  2016  ނޮވެންބަރު  10  ވާ  ބުރާސްފަތި  ދުވަހުގެ  16:00  ގެ  ކުރިން،  ވަޒީފާއަށް  އެދޭ  ފޯމު  ފުރިހަމަކުރުމަށްފަހު،  އެ ފޯމުގައި ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިޔުންތަކާއެކު، ތިރީގައިވާ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް ފޮނުވުން އެދެމެވެ.

- މި މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ފުރަތަމަ އިޢުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުން، އަލުން އެޕްލިކޭޝަން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

އިންޓަވިއު: 

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

ތަކެތި ހުށަހަޅަންޖެހޭ އެޑްރެސް:

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

މޫކައި ސުއިޓްސް (6 ވަނަ ފަންގިފިލާ)

ހަވީރީ ހިނގުން، މާލެ.

ފޯނު: 1441

އީމެއިލް: [email protected]

އިތުރު މަޢުލޫމާތު:

ވަޒީފާއަށްއެދޭ ފޯމާއި، މި މަޤާމުގެ ވަޒީފާ ބަޔާން، މި އޮފީހުގެ http://pension.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

30 މުޙައްރަމް 1438

31 އޮކްޓޫބަރު 2016
ހޯދާ