މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
'ރަޖިސްޓަރޑް ނަރސް' މަޤާމަށް ބިދޭސީން ގެނައުމުގެ ފުރުޞަތު ހުޅުވައިލުން

އިޢުލާން

އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރާގޮތަށް ރަޖިސްޓަރޑް ނާރސް (އަންހެން) ގެ މަޤާމަށް ބިދޭސީން ގެނައުމުގެ ފުރުޞަތު ހުޅުވައިލުން:

މިމިނިސްޓްރީގެ ދަށުން ހިނގަމުންދާ އަތޮޅުތެރޭގެ ހޮސްޕިޓަލުތަކާއި ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރާގޮތަށް ތިރީގައި މިވާ މަޤާމަށް ބިދޭސީން ގެނައުމުގެ ފުރުޞަތު ހުޅުވައިލަމެވެ. ބިދޭސީން ގެނައުމަށް ޝައުގުވެރިވާ އޭޖެންސީތަކުން، ތިރީގައި ބަޔާންކުރާ ޝަރުޠު ހަމަވާ ފަރާތްތަކުން، މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލުގެ ރަޖިސްޓްރޭޝަން ފޯމާއި، ބަޔޯޑާޓާ ފޯމު ފުރުމަށްފަހު، މިނިސްޓްރީގެ ތައްގަނޑު ޖެހުމަށްޓަކައި ފޮރިން ރެކްރޫޓްމަންޓް ސެކްޝަނަށް ހުށަހަޅަމުން ގެންދިއުން އެދެމެވެ.

މަޤާމު: ރަޖިސްޓަރޑް ނާރސް (އަންހެން)

މަޤާމުގެ އަދަދު: 90 (ނުވަދިހަ)

މުސާރަ: މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް: -/2500 ރުފިޔާ

ކޮންޓްރެކްޓް މުއްދަތު: 6 މަސްދުވަސް (ނޯޓު: މުވައްޒަފުގެ ޕަރފޯމެންސް ބެލުމަށްފަހު، ކޮންޓުރެކްޓްގެ މުއްދަތު އިތުކުރެވޭނެއެވެ.)

މަޤާމުގެ ޝަަރުޠު:

  1. މަދުވެގެން 200 އެނދުގެ ހޮސްޕިޓަލެއްގައި 2 އަހަރާއި 6 މަސްދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއެކު، އޭގެ ތެރެއިން 6 މަސްދުވަހު ލޭބަރރޫމުގައި މަސައްކަތްކޮށްފައިވުން. ނުވަތަ
  2. މަދުވެގެން 200 އެނދުގެ ހޮސްޕިޓަލެއްގައި 2 އަހަރާއި 6 މަސްދުވަހު އޮޕަރޭޝަން ތިއޭޓަރ ނުވަތަ އައިސީޔޫގައި މަސައްކަތްކޮށްފައިވުން. ނުވަތަ
  3. ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މަދުވެގެން 200 އެނދުގެ ހޮސްޕިޓަލެއްގައި 2 އަހަރާއި 6 މަސްދުވަހު މަސައްކަތްކޮށްފައިވުން.
  4. ޞިއްޙީ ޚިދުމަތުގައި ޢަމަލީގޮތުން މަސައްކަތްކޮށް، ލިބިފައިވާ ތަޖުރިބާއަކީ ފަހުގެ ތާރީޚެއްގައި ލިބިފައިވާ ތަޖުރިބާއަކަށްވުން. ފަހުގެ ތާރީޚެއްކަމުގައި ބަލާނީ 2010 ވަނަ އަހަރަށްވުރެ ފަހުން ހޮސްޕިޓަލެއްގައި މަސައްކަތްކޮށް ލިބިފައިވާ ޢަމަލީ ތަޖުރިބާއަށެވެ.

މަތީގައި ބަޔާންކުރެވުނު ޝަރުޠު ހަމަވާ ފަރާތްތަކަށް އޮފަރ ލެޓަރ ދޫކުރެވޭނީ، މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގެ ޕްރީ ރަޖިސްޓްރޭޝަނާއި މަތީގައި ބަޔާންކުރެވުނު ޝަރުޠު ހަމަވާ ލިޔެކިޔުންތަކާއެކު މި މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.

މި އިޢުލާނުގެ ދަށުން ހުށަހަޅާ އެޕްލިކޭޝަން ހުށަހަޅަންވާނީ، ސީދާ އެޖެންސީއަކުންނެވެ. އެނޫންގޮތަކަށް މި މިނިސްޓްރީއަށް ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެެއެވެ. އެޕްލިކޭޝަން ހުށަހަޅާ އޭޖެންސީތަކުގެ ތެރެއިން އެޖެންސީއަކަށް ތައްގަނޑު ޖަހައިދޭނީ 2 އެޕްލިކޭޝަންގައެވެ.

ޑޮކިއުމަންޓް ހުށަހަޅާ އެޖެންސީއަކުން ހުށަހަޅާ ޑޮކިއުމަންޓް ޞައްޙަ ނުވެގެން މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލުން ބާޠިލު ކޮށްފިނަމަ، ބަދަލުގައި އެ އެޖެންސީއަކަށް އިތުރަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. ހުށަހަޅާ ޑޮކިއުމަންޓްގެ ޝަރުޠު ހަމަނުވެގެން ނުވަތަ އެފަރާތަށް ރާއްޖެ އާދެވޭގޮތް ނުވެއްޖެނަމަ، އެހެން އެޕްލިކޭޝަނެއް ހުށަހެޅުމަށް ފުރުޞަތު ދެވޭނެއެވެ. އަދި އެޖެންސީއަކަށް މި އިޢުލާނުގެ ދަށުން ދޫކުރެވޭނީ ގިނަވެގެން 2 އޮފަރ ލެޓަރއެވެ. އޮފަރ ލެޓަރ ދޫކުރުމަށްފަހު، އެ އޮފަރ ލެޓަރގެ ބަދަލުގައި އެހެން އޮފަރލެޓަރއަކަށް ބަދަލުކުރެވޭނީ، ކުރިން ދޫކުރި އޮފަރ ލެޓަރގެ މުއްދަތު ހަމަނުވާ ކަމުގައިވާނަމަ، ކުރިން ދޫކުރި އޮފަރ ލެޓަރގެ އަސްލު މިމިނިސްޓްރީއަށް ހުށަހެޅުމުންނެވެ.

އޮފަރ ލެޓަރ ދޫކުރާތާ 10 ދުވަހުތެރޭގައި ވާރކްޕާމިޓަށް ބޭނުންވާ ޑޮކިއުމަންޓްތައް މިމިނިސްޓްރީއަށް ހުށަހަަޅަންވާނެއެވެ. އަދި ވާރކްޕާމިޓް ލިބޭތާ 1 މަސްދުވަހުގެ ތެރޭގައި ވަޒީފާ ދިން ފަރާތް މިމިނިސްޓްރީއަށް ރިޕޯޓް ނުކޮށްފިނަމަ، އެފަރާތެއްގެ ވާރކްޕާމިޓް ކެންސަލް ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު

އަލަށްގެނެވޭ ބިދޭސީން އެމީހަކު ރާއްޖެ އައުމަށް ކަނޑައެޅިފައިވާ ވަގުތާއި ތާރީޚު، ޓިކެޓުގެ ކޮޕީއެއް އަދި ގެސްޓްހައުސްގެ ރިޒަވޭޝަން 3 ދުވަސް ކުރިން މި މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި އެމީހަކު ހުރުމަށް ހަމަޖެހިފައިވާ ގެސްޓްހައުސް ނުވަތަ ހޮޓަލަކާ ހަމައަށް ގެންދިއުމަކީ އެޖެންސީގެ ޒިންމާއެކެވެ.

އެ ބިދޭސީއަކު މަސައްކަތް ކުރަން މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ މަރުކަޒަކަށް ބިދޭސީމީހާ ފޮނުވުމުގެ އިންތިޒާމުތައް މިނިސްޓްރީން ހަމަޖެއްސުމުން، އެމަރުކަޒުތަކަށް އެ މުވައްޒަފުން ފޮނުވާނީ އެޖެންސީތަކުންނެވެ.

މި އިޢުލާނުގެ ދަށުން ބިދޭސީން ގެނެވޭނީ 2 ނޮވެންބަރު 2016 ގެ ކުރިން ބިދޭސީން ގެނައުމަށް މިމިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ އެޖެންސީތަކަށެވެ.  

އެޕްލިކޭޝަން ބަލައިގަންނާނީ 15 ނޮވެންބަރު 2016 ވާ އަންގާރަދުވަހުގެ 12:00 ގެެ ނިޔަލަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަންބަރަކީ 3014343 އަދި އީމެއިލް [email protected] ފޮނުއްވުން އެދެމެވެ.

27 އޮކްޓޫބަރު 2016
ހޯދާ