އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދާއި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން

އިޢުލާން

2017 ޖަނަވަރީ 14 ވާ ހޮނިހިރުދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދާއި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ހއ. ތުރާކުނު

ތުރާކުނު މަދަރުސާ

މި ފޮށްޓަށް ވޯޓުލާނީ ތުރާކުނު ރައްޔިތުންނާއި ތުރާކުނުގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ހއ. ތުރާކުނު-1

A01.01.1

1

ހއ. އުލިގަމު

އުލިގަމު ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ އުލިގަމު ރައްޔިތުންނާއި އުލިގަމުގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ހއ. އުލިގަމު-1

A01.02.1

2

ހއ. ހޯރަފުށި

ހޯރަފުށި މަދަރުސާ

މި ފޮށްޓަށް ވޯޓުލާނީ ހޯރަފުށީ މުރަނގަޖެހިމަގުގެ އުތުރު ސަރަޙައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ހޯރަފުށީގައި ދިރިއުޅޭ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނެވެ.

ހއ. ހޯރަފުށި-1

A01.04.1

3

ހއ. ހޯރަފުށި

 (ރަށްވެހިގެ އާޢިމާރާތުގެ

ކޮންފަރެންސް ހޯލު)

މި ފޮށްޓަށް ވޯޓުލާނީ ހޯރަފުށީ މުރަނގަޖެހިމަގާއި ބަގީޗާމަގާ ދެމެދުގައިވާ ސަރަޙައްދުގެ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ހއ. ހޯރަފުށި-2

A01.04.2

4

ހއ. ހޯރަފުށި

ރަށްވެހިގޭ އާޢިމާރަތް

( ޞިއްޙީ މަރުކަޒުގެ ހަންހާރަ މާލަމް)

މި ފޮށްޓަށް ވޯޓުލާނީ ހޯރަފުށީ ބަގީޗާމަގުގެ ދެކުނު ސަރަޙައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ހޯރަފުށީގައި ދިރިއުޅޭ ދ. އަތޮޅުން ފެށިގެން ޏ. އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި އައްޑޫސިޓީއާއި މާލެސިޓީގެ މީހުންނެވެ.

ހއ. ހޯރަފުށި-3

A01.04.3

5

ހއ. މޮޅަދޫ

މޮޅަދޫ ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ މޮޅަދޫ ރައްޔިތުންނާއި މޮޅަދޫގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ހއ. މޮޅަދޫ-1

A02.03.1

6

ހއ. އިހަވަންދޫ

އިހަވަންދޫ މަދަރުސާގެ ހޯލް

މި ފޮށްޓަށް ވޯޓުލާނީ އިހަވަންދޫ ޗާންދަނީމަގު އުތުރުން ސަބުދެލިމަގުގެ ހުޅަނގުން ހުސައިނީގޯޅީގެ އުތުރުން ސޯސަންމަގުގެ އިރުން ގުލްފާމުހިނގުމުގެ އުތުރުން ދަނބުރުއްމަގުގެ އިރުން އަމީނީމަގުގެ އުތުރު ސަރަޙައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، އިހަވަންދޫގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ހއ. އިހަވަންދޫ-1

A02.05.1

7

ހއ. އިހަވަންދޫ

އިހަވަންދޫ މަދަރުސާގެ ހޯލުގައި

މި ފޮށްޓަށް ވޯޓުލާނީ އިހަވަންދޫ ޗާންދަނީމަގުގެ ދެކުނުން ސަބުދެލިމަގުގެ އިރުން، ހުސެއިނީގޯޅީގެ ދެކުނުން، ސޯސަންމަގުގެ ހުޅަނގުން، ގުލްފާމުހިނގުމުގެ ދެކުނުން، ދަނބުރުއްމަގުގެ ހުޅަނގުން، އަމީނީމަގުގެ ދެކުނު ސަރަޙައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ހއ. އިހަވަންދޫ-2

A02.05.2

8

ހއ. މާރަންދޫ

މާރަންދޫ މަދަރުސާ

މި ފޮށްޓަށް ވޯޓުލާނީ މާރަންދޫ ރައްޔިތުންނާއި މާރަންދޫގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ހއ. މާރަންދޫ-1

A02.10.1

9

ހއ. ތަކަންދޫ

ތަކަންދޫ ރައްޔިތުންގެ ޕްރީސްކޫލް

މި ފޮށްޓަށް ވޯޓުލާނީ ތަކަންދޫ ރައްޔިތުންނާއި ތަކަންދޫގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ހއ. ތަކަންދޫ-1

A03.11.1

10

ހއ. އުތީމު

ހަނދާނީ މަރުކަޒު

މި ފޮށްޓަށް ވޯޓުލާނީ އުތީމު ރައްޔިތުންނާއި އުތީމުގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ހއ. އުތީމު-1

A03.12.1

11

ހއ. މުރައިދޫ

މުރައިދޫ ސްކޫލް ހޯލް

މި ފޮށްޓަށް ވޯޓުލާނީ މުރައިދޫ ރައްޔިތުންނާއި މުރައިދޫގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ހއ. މުރައިދޫ-1

A03.13.1

12

ހއ. ބާރަށް

ބާރަށު ސްކޫލުގެ ކުލާސް ރޫމް

މި ފޮށްޓަށް ވޯޓުލާނީ ބާރަށު ސިއްތިމާވާރަނިކިލޭގެފާނުމަގުގެ ދެކުނުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި ބާރަށުގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ހއ. ބާރަށް-1

A03.14.1

13

ހއ. ބާރަށް

ބާރަށު ސްކޫލުގެ ލެބޯރަޓަރީ ރޫމް

މި ފޮށްޓަށް ވޯޓުލާނީ ބާރަށު ސިއްތިމާވާ ރަނިކިލޭގެފާނުމަގުގެ އުތުރުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ހއ. ބާރަށް-2

A03.14.2

14

ހއ. ދިއްދޫ

ދިއްދޫ ފެމިލީ އެންޑް

ޗިލްޑްރަންސް ސަރވިސް ސެންޓަރ

މި ފޮށްޓަށް ވޯޓުލާނީ ދިއްދޫ ފިޔަނޫމާގޯޅީގެ އުތުރުން، ރަންފަރުގޯޅީގެ އުތުރުން، ޗޭނުވެހީގެ އުތުރަށް އޮތް ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނާއި، ދިއްދޫގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ހއ. ދިއްދޫ-1

A04.08.1

15

ހއ. ދިއްދޫ

ދިއްދޫ ރައްޔިތުންގެ ވައިލެޓްމާލަމް

މި ފޮށްޓަށް ވޯޓުލާނީ ދިއްދޫ ފިޔަނޫމާގޯޅީގެ ދެކުނުން، ރަންފަރުގޯޅީގެ ދެކުނުން، ޗޭނުވެހީގެ ދެކުނުން ރަށްދެބައިމަގުގެ އުތުރަށް ހުރި ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ހއ. ދިއްދޫ-2

A04.08.2

16

ހއ. ދިއްދޫ

ޗޭނު ޖަމްޢިއްޔާ

މި ފޮށްޓަށް ވޯޓުލާނީ ދިއްދޫ ރަށްދެބައިމަގުގެ ދެކުނުން، ހަވީރީހިނގުމުގެ އުތުރަށް އޮތް ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

ހއ. ދިއްދޫ-3

A04.08.3

17

ހއ. ދިއްދޫ

ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މެދު ކްލާސް ރޫމުގައި

މި ފޮށްޓަށް ވޯޓުލާނީ ދިއްދޫ ހަވީރީހިނގުމުގެ ދެކުނު ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ހއ. ދިއްދޫ-4

A04.08.4

18

ހއ. ވަށަފަރު

ވަށަފަރުގެ ކުރީގެ ރަށު އޮފިސް ހިންގި ޢިމާރާތް

މި ފޮށްޓަށް ވޯޓުލާނީ ވަށަފަރު ރައްޔިތުންނާއި ވަށަފަރުގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ހއ. ވަށަފަރު-1

A05.07.1

19

ހއ. ކެލާ

މަދަރުސަތުއްޝައިޙް އިބްރާހީމް

މި ފޮށްޓަށް ވޯޓުލާނީ ކެލާގެ އޮޑިބަންމަގުގެ ދެކުނު ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި ކެލާގައިދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ހއ. ކެލާ-1

A05.06.1

20

ހއ. ކެލާ

ލިލީ ޕްރީސްކޫލް

މި ފޮށްޓަށް ވޯޓުލާނީ ކެލާގެ އޮޑިބަންމަގުގެ އުތުރު ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ހއ. ކެލާ-2

A05.06.2

21

ހއ. ފިއްލަދޫ

ފިއްލަދޫ ސްކޫލް ހޯލުގައި (މަދަރުސަތުއް ޞަބާޙް)

މި ފޮށްޓަށް ވޯޓުލާނީ ފިއްލަދޫ ރައްޔިތުންނާއި ފިއްލަދޫގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ހއ. ފިއްލަދޫ-1

A05.09.1

22

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

1 ޞަފަރު 1438

01 ނޮވެންބަރު 2016
ހޯދާ