ދިވެހިރާއްޖެ
މަޤާމް :ވޮޗަރ | |
---|---|
ބޭނުންވާ އަދަދު :1 | |
އިޢުލާން ވަޒީފާގެ ފުރުޞަތު: ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ. މަޤާމް: ވޮޗަރ ގްރޭޑް 1 ބޭނުންވާ އަދަދު: 1 (އެކެއް) މުސާރަ: މަހަކު -/2620 ރުފިޔާ ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރުދުވަސް) މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ، ހދ. ކުޅުދުއްފުށީ ފިހާރަ އެހެނިހެން ޢިނާޔަތްތައް: * އިތުރު އެލަވަންސް: މަހަކު -/1350 ރުފިޔާއާއި -/2400 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ. * ބޯނަސް: ކުންފުނިން ކަނޑައަޅާފައިވާ އުސޫލެއްގެމަތިން އަހަރީ ބޯނަސް ދެވޭނެއެވެ. * އިތުރުގަޑީގައްޔާއި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. * ޕެންޝަން: ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެމަތިން ޕެންޝަނަށް ފައިސާ އުނިކުރެވޭނެއެވެ. * ޕްރޮބޭޝަން ހަމަވުމުން، ސްޓާފް އިންޝުއަރެންސް ސްކީމުގައި ބައިވެރިކުރެވޭނެއެވެ. މަޤާމުގެ މަސްއޫލިއްޔަތު: * ކަނޑައެޅިފައިވާ ޑިއުޓީގައި ފިހާރައިގެ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުން. * ފިހާރައިގެ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމާއި، މުވައްޒަފުންނަށް އެހީތެރިވެދިނުން. ތަޢުލީމާއި ތަޖުރިބާ: * ގްރޭޑް 7 ގެ ފެންވަރު ހުރުން. * ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކުކަމުގައިވުން. * ފަޔަރ ފައިޓިންގއާއި، ފަސްޓް އެއިޑް ކޯހެއް ހަދާފައިވާ، މި ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ނޮވެންބަރު 6 ވާ އާދީއްތަ ދުވަހުގެ 12:30 ގެ ކުރިން، އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު، ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމު، އެސްޓީއޯގެ ހދ. ކުޅުދުއްފުށީ ފިހާރައިންނާއި، އެސްޓީއޯގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. ނޯޓު: - އިންޓަވިއުއަށް ކިޔޭނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް ހޮވޭނީ، ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައިި، އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ. - ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345 ފޯން: 3344272 ފެކްސް: 3344041 ނުވަތަ؛ އެސްޓީއޯ ހދ. ކުޅުދުއްފުށީ ފިހާރަ ރިންގް ރޯޑް، ދެކުނުއަވަށް، ހދ. ކުޅުދުއްފުށި ފޯން: 6528277 29 މުޙައްރަމް 1438 |