އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ޗާޕުކުރުމުގެ ޚިދުމަތް 1 އަހަރުދުވަހުގެ މުއްދަތަށް ހޯދުމަށް

އިޢުލާން

ޗާޕުކުރުމުގެ ޚިދުމަތް 1 އަހަރުދުވަހުގެ މުއްދަތަށް ހޯދުމަށް ބޭނުންވެއްޖެ

2016 ނޮވެންބަރު 16 އިން ފެށިގެން، ކުރިއަށް އޮތް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް މި އިދާރާގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ ތަކެތި ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ގަޑި

ދުވަސް

ތާރީޚު

ތަފުސީލު

10:00

އާދީއްތަ

6 ނޮވެންބަރު 2016

މަޢުލޫމާތު ސާފުކުރުން

10:00

ބުރާސްފަތި

10 ނޮވެންބަރު 2016

އަންދާސީހިސާބު ހުށަހެޅުން

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާ އި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.

1 ޞަފަރު 1438

01 ނޮވެންބަރު 2016
ހޯދާ