އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 މަޤާމު:

 އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3)

 ބޭނުންވާ އަދަދު:

 1 (އެކެއް)

 ސެކްޝަން

 ހިއުމަންރިސޯރސް އެންޑް ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެކްޝަން

 ބޭސިކް މުސާރަ:

 މަހަކު -/7035 (ހަތްހާސް ތިރީސް ފަސް ރުފިޔާ)

 ސާރވިސް އެލަވަންސް:

 މަހަކު -/2000 (ދެހާސް ރުފިޔާ)

 ލިވިންގ އެލަވަންސް:

 މަހަކު -/4000 (ހަތަރުހާސް ރުފިޔާ)

 ޚާއްޞަ އެލަވަންސް:

 މުސާރައިގެ %45

 ވަޒީފާގެ ބާވަތް: 

 ދާއިމީ

 މަސައްކަތުގެ ވަގުތު:

 ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރާ ގޮތަށް.

 ފެންވަރު ނުވަތަ ޝަރުޠު:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް ނުވަތަ ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް ނުވަތަ ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް ނުވަތަ ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  4. ޢުމުރުން 45 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  5. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  6. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

 މަސްއޫލިއްޔަތު:

  1. ސެކްޝަންގެ މުވައްޒަފުންނާބެހޭ ކަންތައް ސެކްޝަން ލެވެލްގައި ބެލެހެއްޓުން.
  2. ކޮމިޝަންގެ މަސައްކަތްތަކާ ގުޅިގެން ސެކްރެޓަރީ ޖެނެރަލް އަންގާ މަސައްކަތްތައް ކުރުން.
  3. ކޮމިޝަނުން ކުރަންޖެހޭ ޚާއްޞަ މަސައްކަތްތަކުގައި ސެކްރެޓަރީ ޖެނެރަލަށް އެހީތެރިކަން ފޯރުކޮށްދިނުން.

 ހުށަހަޅަންޖެހޭ ލިޔުންތައް:

-  ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

-  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ލެވެލް އެނގޭނެ ފަދަ ރަސްމީ ލިޔުމަކާއެކު). ރާއްޖެއިން ބޭރުގައި ހަދާފައިވާ ކޯހެއްނަމަ، ސެޓުފިކެޓު ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށްފަހުގައެވެ.

-  ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

-  އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ، ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް  އެތަނަކުން ދޫކޮށްފައިވާ ލިޔުން.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

 ނޯޓު:

މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

 ސުންގަޑި:         

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 7 ވާ ހޯމަދުވަހުގެ 16:00ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

 އިތުރު މަޢުލޫމާތު

-  ފޯމު ބަލައިގަތުމަށްފަހު ޞައްޙަ ނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

-  މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

-  މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

-  ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާއިން) ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

29 މުޙައްރަމް 1438

މީހުން ހޮވުމުގައި ބަލާ މިންގަނޑު

ތަފުސީލު

މާކްސް

ތަޢުލީމު

40 މާކްސް

މަސައްކަތުގެ ތަޖުރިބާ

15 މާކްސް

އިންޓަރވިއު

35 މާކްސް

ޚާއްޞަ ހުނަރު (ޢަމަލީ ޓެސްޓު)

10 މާކްސް

 ޖުމްލަ

100 މާކްސް

  ޝޯޓްލިސްޓު ކުރެވޭގޮތް

  • ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތުގެ ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާކްހަށް ބެލުމަށްފަހު ލިބޭ މާކްސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
  • ތަޢުލީމީ ސެޓުފިކެޓަށް މާކްސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.
  • މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށް ވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.
30 އޮކްޓޫބަރު 2016
ހޯދާ