ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ޑިޕާޓްމަންޓްގެ ނަންބަރު 198-A/2016/135 (26 ސެޕްޓެންބަރު 2016) އިޢުލާނުން ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ "އެޑްމިނިސްޓްރޭޓިވް އޮފިސަރ" މަޤާމަށް ފުރުޞަތު ހުޅުވާލުމުން، ޝަރުޠު ހަމަވާ ފަރާތްތަކުގެ އެޕްލިކޭޝަން ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާން ކުރަމެވެ..

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް: ޖީ.އެސް. 3

އަދަދު:

1 (އެކެއް)

ސެކްޝަން:

މަސައްކަތްކުރަންޖެހޭ ތަން:

ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ:

މަހަކު -/4،465 ރުފިޔާ

އެލަވަންސް (މަހަކު):

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20

- ސަރވިސް އެލަވަންސް:-/1،500 ރުފިޔާ

- ލިވިންގ އެލަވަންސް: -/2،550 ރުފިޔާ

- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

 

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ލިބިފައިވުން، ނުވަތަ

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިއުމާއެކު، GS 2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

  1. އެންޓްރީކުރުމާއި، ހާޒިރީ ބެލެހެއްޓުން.
  2. ކުށުގެ ރެކޯޑު ބެލެހެއްޓުމާއި މަޤާމުތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން.
  3. މަސްދުވަހުގެ ރިޕޯޓުާއި ތަފާސްހިސާބު ރިޕޯޓު ތައްޔާރުކުރުން.
  4. ވަރި ކައިވެނީގެ އެންމެހައި މަސައްކަތް ކުރުން.
  5. ހަމަޖެހިފައިވާ އުސޫލުން ކޯޓު ހުޅުވައި ލެއްޕުން.
  6. މުސާރައާއި ފައިސާގެ އެންމެހައި މަސައްކަތް ކުރުން.
  7. ޝަރީއަތާ ގުޅޭ އެންމެހައި މަސައްކަތް އިންތިޒާމުކޮށް ބެލެހެއްޓުން.
  8. ކޯޓުގެ ސްޓޮކާއި އިންވެންޓްރީ ބެލެހެއްޓުން
  9. ވެރިޔަކު ހަވާލުކުރާ ރަސްމީ މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 14:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނުވަތަ ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓު ނުވަތަ ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓާއި ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓާއި މި ޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރަން ގުޅޭނެ ނަންބަރު:3006281 /3006280
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިންޓަވިއުއަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލުކަން ކަށަވަރުކުރުމަށްޓަކައި އިންޓަވިއު ކުރެވޭނެއެވެ. އަދި ވަޒީފާއަށް ބޭނުންވާ ހުނަރަށް މީހާ ޤާބިލުވެފައިވާ މިންވަރު ބެލުމަށް ޢަމަލީ އިމްތިޙާނެއް ދެވޭނެއެވެ.

މަޤާމުތަކަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ފަރާތަކަށްވުން.
  • ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެ ފަދަ ޞިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް އެކްސެލް ޕެކޭޖް ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
27 އޮކްޓޫބަރު 2016
ހޯދާ