އިޢުލާން
ވަޒީފާގެ ފުރުޞަތު:
ކޮންޓްރެކްޓް އުސޫލުން ދެ އަހަރުދުވަހުގެ މުއްދަތަށް ތިރީގައިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް:
|
އަދަދު
|
އަސާސީ މުސާރަ
|
މަސައްކަތްކުރަންޖެހޭ ތަން
|
ފާމަސީ އެސިސްޓަންޓް
|
1
|
މަހަކު -/3،380 ރުފިޔާ |
މ. ކޮޅުފުށި އެސް.ޓީ.އޯ ފާމަސީ
|
ފާމަސީ އެސިސްޓަންޓް
|
1
|
މަހަކު -/3،380 ރުފިޔާ |
އދ. ދިގުރަށް އެސް.ޓީ.އޯ ފާމަސީ
|
މަޤާމުގެ މަސްއޫލިއްޔަތު:
* ކަސްޓަމަރުންނަށް ތަނުން ލިބެންހުންނަ ޚިދުމަތް ފޯރުކޮށްދިނުން
* ބިލް ހެދުން
* މުއްދަތުހަމަވާ ބޭސްތައް ޗެކްކުރުންް
* ރެކްތަކުގައި ބޭސް އެތުރުން
* ކްރެޑިޓް ބިލް ޗެކްކުރުން
* އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާންސެކްޝަންތައް ބެލެހެއްޓުން
ތަޢުލީމާއި ތަޖުރިބާ
* ފާމަސީ އެސިސްޓަންޓް ކޯސް / ޓިވެޓް އޮންލައިން ކޯސް ފުރިހަމަކޮށްފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް ފުރިހަމަކޮށްފައިވުން
* ކޮމްޕިއުޓަރ ސްކިލްސް (ވޯޑް އެންޑް އެކްސެލް)
އެހެނިހެން އިނާޔަތްތައް:
* އިތުރު އެލަވަންސް: މަހަކު -/1500ރ އާއި -/2450ރ އާ ދެމެދުގެ އަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަމަޖައްސައިދެވޭނެ
* އިތުރުގަޑިއާއި ރަސްމީބަންދު ދުވަހެއްގައި މަސައްކަތްކޮށްފިނަމަ، ވަޒީފާއާ ބެހޭ ގާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެ
* މަތީތަޢުލީމު ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ
* ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނިކުންނަށް ކޮންމެ ދުވަހަކަށް -/100 ރުފިޔާ، އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ލިބޭނެ
* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)
ސުންގަޑި:
- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 2 ވަނަ ދުވަހުގެ 12:30 ގެ ކުރިން އެސް.ޓީ.އޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑުރެހަށް ހުށަހެޅުން އެދެމެވެ.
- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުކުރެވެން ވެސް ހުންނާނެއެވެ.
ނޯޓު:
- ހުށަހަޅާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.
- މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.
- މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކަށް ބެލުމަށްފަހުގައެވެ.
- އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓުކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
ތަކެތި ހުށަހަޅަންވީ އެޑްރެސް
- ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ހެޑު އޮފީސް
- ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
- ފޯން: 3344368 / 3344179 ، ފެކުސް: 3344041 ، ވެބްސައިޓު: www.sto.mv
- އީމެއިލް އެޑްރެސް: [email protected]
26 މުޙައްރަމް 1438
|