މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ފައިނޭންސް އޮފިސަރ

އިޢުލާން

މި އިދާރާއަށް، 3 އޮކްޓޫބަރު 2017 ގެ ނިޔަލަށް، ތިރީގައިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެސިސްޓެންޓް ފައިނޭންސް އޮފިސަރ

މަޤާމުގެ ގިންތި:

ވަގުތީ 

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ:

މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

 

1- ބަޖެޓް އެންޑް ފައިނޭންސްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުމާއި، އައިޓީ ދާއިރާއިން ތަޖުރިބާ ލިބިފައިވުމާއި، އިދާރީ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން " ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. އަތޮޅު ކައުންސިލަށް ބަލައިގަންނަ ފައިސާގެ ރަސީދު ދުވަހުން ދުވަހަށް ހަދައި، ރަސީދު ދޭންޖެހޭ ފަރާތްތަކަށް ވަގުތުން ހަވާލުކުރުން.

2. ސެކްޝަނުން ފައިލްކުރަންޖެހޭ ލިޔުންތައް ގަވާއިދުން ފައިލްކުރުން.

3. އަތޮޅު ކައުންސިލުގެ މާލިއްޔަތަށް ލިބޭ އެންމެހައި ފައިސާ، މާލިއްޔަތު ގަވާއިދުތަކާއި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބޭންކަށް ޖަމާކުރުން.

4. ރަށްށުގެ ބަޖެޓް ރިޕޯޓްތައް ރަށްރަށުން މުއްދަތަށް ގެނެއުން.

5. މެސެޖު / ސިޓީފަދަ ތަކެތި ލިޔުމާއި، އެތަކެތި ފެކްސްކުރުން.

6. ސެކްޝަނުގެ މަސައްކަތްތަކުގައްޔާއި، އޮފީހުގެ ބޭނުންތަކުގައި މާލެއަށާއި އަތޮޅުގެ ރަށްރަށަށް ދިއުން.

7. ފައިސާއާބެހޭ އެންމެހައި މައްސަލަތައް ލަސްނުކޮށް ނިންމަމުން ގެންދިއުން.

8. ބަޖެޓާ ނުބެހޭ އެހެނިހެން ކަންކަމަށް ލިބޭ ފައިސާގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

9. އަތޮޅު ކައުންސިލްގެ އިދާރާއަށް ބަލައިގަންނަ ފައިސާތަކާބެހޭ ދުވަހުފޮތް ގަވާއިދުން ބެލެހެއްޓުން.

10. ކައުންސިލަށް ލިބޭ އާމްދަނީ ރެކޯޑްތައް ބެލެހެއްޓުމާއެކު، އެކަމާބެހޭ ރިޕޯޓްތައް ގަވާއިދުން ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

11. ބަޖެޓް އެންޑް ފައިނޭންސް ސެކްޝަނަށް ބޭނުންވާ ތަކެތި ހޯދުން.

12. ބަލައިގަންނަ ފައިސާ، ތިޖޫރީ ހަވާލުވެ ހުންނަވާ ފަރާތަކާ ގަވާއިދުން ހަވާލުކުރަމުން ގެންދިއުން.

13. އަތޮޅު ކައުންސިލަށް ލިބޭ އާމްދަނީއާއި، އެކި ގޮތްގޮތުން ލިބޭ އެހީއާއި، ނަގާ ލޯނުން ލިބޭ އާމްދަނީގެ ރިޕޯޓެއް، ކޮންމެ އަހަރެއް ނިމުމުން ތައްޔާރުކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ތަޢުލީމާއި ތަމްރީނު: %49

- މަސައްކަތު ތަޖުރިބާ: %8

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަން: %43

އިންޓަވިއުއާއި، ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަނާއި ޕްރެޓިކަލްސް އޮންނާނީ، 2016 ނޮވެންބަރު 15 ވަނަ ދުވަހުގެ ރޭ 21.00 ގައި، މާލެއަތޮޅު އަތޮޅު ކައުންސިލް އިދާރާގައެވެ. ގަޑިއާއި ތާރީޚަށް ބަދަލެއް އަންނަނަމަ، ކުރިމަތިލާފައިވާ ފަރާތްތަކަށް އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ، 2016 ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން 2016 ނޮވެންބަރު 8 ވަނަ ދުވަހުގެ 13:00 ގެ ކުރިން، މާލެއަތޮޅު އަތޮޅުކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc,gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިސް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

(ރ) ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާ އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު:

މި  އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6644234  ނަންބަރު  ފޯނަށެވެ. ފެކްސް ނަންބަރަކީ، 6640032 އެވެ. އީ މެއިލް ކުރާނީ، [email protected] އަށެވެ.

24 މުޙައްރަމް 1438

25 އޮކްޓޫބަރު 2016
ހޯދާ