ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ތަރުޖަމާނު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

ތަރުޖަމާނު

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން:

ޕަބްލިކް ރިލޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ގައްދޫ ޞިއްޙީ މަރުކަޒު / ގދ. ގައްދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޑޮކްޓަރާއި ބަލިމީހާއާ ދޭތެރޭ ކުރެވޭ މުޢާމަލާތް ތަރުޖަމާކޮށްދިނުން.

2. މެޑިކަލް ރިޕޯޓާއި، ސަލާމުގެ ސެޓުފިކެޓު ދޫކުރުމާއި ކޮންސަލްޓޭޝަން ރޫމުގެ ތަކެތި ހަމަކުރުމާއި ބަލިމީހުން ބަލައި ފަރުވާދިނުމުގައި ޑޮކްޓަރަށް އެހީތެރިވުން.

3. ޑެއިލީ ސަވޭލަންސް ރިޕޯޓް ތައްޔާރުކޮށް، ހެލްތު ޕްރޮމޯޝަން ސެކްޝަނަން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.

 

 

 

 

ތަޢުލީމާއި ތަޖުރިބާ:

1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކްރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ،  ބިޒްނަސް އެޑްމިނިސްޓްރޭޝަން،  ޕްރޮޖެކްޓް  މެނޭޖްމަންޓުގެ  ދާއިރާއިން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކްރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް،  އިންފޮމޭޝަން  ޓެކްނޮލޮޖީ،  ބިޒްނަސް  އެޑްމިނިސްޓްރޭޝަން،  ޕްރޮޖެކްޓް  މެނޭޖްމަންޓުގެ ދާއިރާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި  'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ އެލަވަންސާއި، ޝިފްޓް އެލަވަންސާއި، ރިސްކް އެލަވަންސް ލިބޭނެއެވެ.

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު.

2. ލިބިފައިވާ ތަޢުލީމާއި، ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް)

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެގޮތަށް، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް ނަގާފައިވާ ކޮޕީއެއް.

5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

6. ވަޒީފާގެ ދާއިރާއާ ގުޅޭ ތަމްރީން (ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު) ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް  (މި ލިޔުމުގައި، ފުރިހަމަކުރި ތަމްރީނާއި، ތަމްރީނުގެ މުއްދަތު އެނގެން އޮންނަންވާނެއެވެ.)

7. މަސައްކަތު ތަޖުރިބާގެ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

ސުންގަޑި:

2016 ނޮވެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ގައްދޫ ޞިއްޙީ މަރުކަޒަށް.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

- އިންޓަވިޔު އޮންނާނެ ތަނާއި، ތާރީޚު، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

އިންޓަވިޔު ކުރާނީ، ވަޒީފާގެ ޝަރުޠު ހަމަވާ ފަރާތްތަކާ އެކަންޏެވެ. ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.)

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6840043 ނަންބަރު ފޯނަށެވެ.

25 މުޙައްރަމް 1438

26 އޮކްޓޫބަރު 2016
ހޯދާ