ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިޔުން

އިޢުލާން

ރަޙުމަތުﷲ ދޯނި ނީލަން ކިޔުން:

ވަންތަ އިންވެސްޓްމެންޓުން، ކޮނޑޭ ކައުންސިލަށް ހަދިޔާކޮށްފައިވާ ރަޙުމަތުﷲ ދޯނި، ފެށޭ އަގު -/50،000 (ފަންސާސް ހާސް) ރުފިޔާއިން ފެށޭ ގޮތަށް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކައުންސިލުގެ 2016 ވަނަ އަހަރުގެ 41 ވަނަ ބައްދަލުވުމުން ވަނީ ނިންމާފައެވެ.

ވީމާ، މި ދޯނި ނީލަމުގައި ނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން އަގު ހިމަނައި ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީގައި ފޮނުވާ ފަރާތުގެ ނަމާއި، އެޑްރެސް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު، ގުޅޭނެ ފޯނުނަންބަރާއި، އީމެއިލް އެޑްރެސް އަދި އަގު ހިމެނިފައި އޮންނަންވާނެއެވެ.

މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6820019 އަށް ގުޅުއްވުން އެދެމެވެ.

24 މުޙައްރަމް 1438

25 އޮކްޓޫބަރު 2016
ހޯދާ