މަންދޫ ސްކޫލް، އދ. މަންދޫ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

މަޤާމުގެ ނަން: މަސައްކަތު

މަޤާމް އޮތް އޮފީސް:މަންދޫ ސްކޫލް

ބޭނުންވާ އަދަދު: 1 (އެކެއް) 

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: މަންދޫ ސްކޫލް / އދ. މަންދޫ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް: އެޑްމިން ސެކްޝަން

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަޤާމުގެ ކުލެސިފިކޭޝަން:ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ މަސްއޫލިއްޔަތު:

1. ސުކޫލުގެ ހޯލާއި އިމާރާތްތައް ފޮޅައި ސާފުކުރުމާއި، ދަރިވަރުންގެ ފާޚާނާއާއި، މުވައްޒަފުންގެ ފާޚާނާ ސާފުކޮށް ބެލެހެއްޓުން.

2. ބޯފެން ތާނގީއާއި، ސުކޫލުގެ ފުރާޅާއި، ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން.  

3. މުހިންމު ބައްދަލުވުންތަކާއި، ޖަލްސާތަކަށް ތަން ތައްޔާރުކުރުމާއި، އަންގަންޖެހޭ އެންގުންތައް އަންގަންޖެހޭ ފަރާތްތަކަށް އެންގުން.

4. ސްކޫލުގެ ގޯތިތެރެ ސާފުކޮށް ބެލެހެއްޓުން.

މުސާރައާއި މަޤާމުގެ ޝަރުޠުތައް:

ވަޒީފާގެ ހުނަރު/ ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން ތިރީގައިމިވާ ޝަރުޠު ފުރިހަމަވުން.

މަޤާމުގެ ނަން

މަޤާމުގެ ކްލެސިފިކޭޝަން

މަޤާމުގެ ރޭންކް

އަސާސީ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

މަސައްކަތު

ސަޕޯޓް ސްޓާފް ގުރޭޑް 1

SS 1

- ލިޔަންކިޔަން ދަތުމާއެކު، މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

މަހަކު

-/3،100 ރުފިޔާ

މަހަކު -/1،000 ރުފިޔާ

މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް: އިތުރުގަޑީގެ މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ތަޢުލީމީ ފެންވަރަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

- ސިވިލް ސަރވިސް ކޮމިޝަނުން 2013 އޭޕްރީލް 1 ގައި ޢަމަލުކުރައްވަން ފައްޓަވާފައިވާ، ސިވިލް ސަރވިސްގެ މަޤާމްތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް ކްރައިޓީރިއާގައިވާގޮތުގެ މަތިން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މަންދޫ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖެގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކުރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގުރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

(ރ) ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސިޓީ ފޮނުވަންވީ ތާރީޚު: 

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި ފުރިހަމަކުރުމަށްފަހު، 2016 ނޮވެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއުކުރުމާއި، އިމްތިޙާނުކުރުން ބޭއްވޭނެ މުއްދަތު:

- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، 13 ނޮވެންބަރު 2016 އާއި 16 ނޮވެންބަރު 2016 އާ ދެމެދު އޮންނާނެއެވެ.

- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިޔުކުރެވޭނީ، ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި ސްކޫލުގެ 7949320 ނަންބަރު ފޯނާ، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

‏25‏ މުޙައްރަމް‏ 1438

26 އޮކްޓޫބަރު 2016
ހޯދާ