ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިކަމުގެ ޞިނާޢަތުގެ މަސައްކަތްތަކަށް ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ކޮނޑޭއިން މަސްވެރިކަމުގެ ޞިނާޢަތުގެ މަސައްކަތްތަކަށް ބިން ކުއްޔަށް ދޫކުރުން:

ގއ. ކޮނޑޭގެ އިރު ދެކުނުން، ސަރަޙައްދީ މަގުގެ ދެކުނުން މަސްވެރިކަމުގެ ޞިނާޢަތުގެ މަސައްކަތް "މަސް ކައްކައި ހިއްކުމުގެ މަސައްކަތާއި ލޮނުމަހުގެ މަސައްކަތް" ކުރުމަށް 10 އަހަރުދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 14 ވަނަ ދުވަހުގެ 13:00 އަށް ކޮނޑޭ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 20 ވަނަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުން އެދެމެވެ.

މަސްވެރިކަމުގެ ޞިނާޢަތުގެ ބިންތަކުގެ މަޢުލޫމާތު:

#

ބިން އޮތް ސަރަޙައްދު

ބިމުގެ ބާވަތް

ބިމުގެ ބޮޑުމިން

ބިމުގެ އަދަދު

ދޫކުރެވޭ އެންމެކުޑަ ކުލި ފުރަތަމަ 5 އަހަރަށް

ދޫކުރެވޭ އެންމެކުޑަ ކުލި ފުރަތަމަ 5 އަހަރަށްފަހު

1

ގއ. ކޮނޑޭގެ އިރު އުތުރު ސަރަޙައްދު

މަސް ކައްކައި ހިއްކުމަށް

2002 އަކަފޫޓު

6

އަކަފޫޓަކަށް މަހަކު 35/- ލާރި

އަކަފޫޓަކަށް މަހަކު 50/- ލާރި

2

ގއ. ކޮނޑޭގެ އިރު އުތުރު ސަރަޙައްދު

ލޮނުމަހުގެ މަސައްކަތަށް

2625 އަކަފޫޓު

5

އަކަފޫޓަކަށް މަހަކު 35/- ލާރި

އަކަފޫޓަކަށް މަހަކު 50/- ލާރި

ބިން ތަރައްޤީކުރުން

ބިން ލިބިއްޖެނަމަ، އެ ބިން ތަރައްޤީކޮށް ވިޔަފާރި ފަށާނެ ތާރީޚެއް އަންދާޒާކޮށް ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.

ކުއްޔަށް ނެގުމަށް ހުށަހަޅާ ބިމުގެ ތަފުސީލު:

ކުއްޔަށް ހިފުމަށް ބޭނުންވާ ބިމުގެ ނަންބަރު ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ. (ބިންތަކުގެ ޗާޓު މި އިޢުލާނާ އެޓޭޗުކުރެވިފައިވާނެއެވެ.)

ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ކުލި:

ބިން ކުއްޔަށް ހިފާ ފަރާތަކުން ހުށަހަޅާ އެންމެ ބޮޑު ކުލި ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.

ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

ބިން ކުއްޔަށް ހިފުމަށް އެދި ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލް

ކުންފުންޏަކުން ނުވަތަ ލޯކަލް އިންވެސްޓުމެންޓަކުން ހުށަހަޅާނަމަ، ކުންފުނި ނުވަތަ ލޯކަލް އިންވެސްޓުމެންޓުގެ ރަޖިސްޓަރީގެ ކޮޕީއާއި، އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ އަދި އަމިއްލަ ފަރާތަކުންނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ގެންނަވަންޖެހޭ ލިޔުންތައް:

  1. ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު.
  2. ބަދަލުގައި ހާޒިރުވާ ފަރާތެއްނަމަ، ބަދަލުގައި ހާޒިރުވާ ފަރާތެއްކަން އެނގޭނޭ ލިޔުން/ ސިޓީ.

މާކްސް ދެވޭގޮތުގެ ތަފުސީލު:

މާކްސް ދެވޭނެ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ހުށަހަޅާ މަހުކުއްޔަށް

100%

  • ހުށަހަޅާ މަހުކުއްޔަށް ދެވޭ މާކްސް  
  • މި މާކްސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު އަގަށެވެ.

 

 

 

 

 

24 މުޙައްރަމް 1438

25 އޮކްޓޫބަރު 2016
ހޯދާ