މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެޓުވަރކް ކޭބަލް ވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ނެޓްވަރކް ކޭބަލް ވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

ރ. މާކުރަތު ކައުންސިލުގެ އިދާރާއިން ފެށިގެން ރ. މާކުރަތު މަސްޖިދުއްސަލާމާ ހަމައަށް ކޯރުކޮނެ، ނެޓްވަރކް ކޭބަލް ވަޅުލުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 1 ވާ އަންގާރަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

26 މުޙައްރަމް 1438

27 އޮކްޓޫބަރު 2016
ހޯދާ