ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގެ ދަށުން ހިނގަމުންދާ ނ. މަގޫދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS 3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް: ހަމަޖެހިފައިވާ އުސޫލުން ވަޒީފާގެ މަސައްކަތަށް ނުކުންނަ ކޮންމެދުވަހަކަށް ރިސްކް އެލަވަންސް ދެވޭނެއެވެ.

ޢިނާޔަތްތައް: 

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ޑިވިޜަން/ ސެކްޝަން:

އެޑްމިން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނ. މަގޫދޫ ޞިއްޙީ މަރުކަޒު

އާންމުގޮތެއްގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ގަޑި:

ރަސްމީގަޑި (ރަމަޟާންމަސް ފިޔަވައި އެހެން މަސްމަހު، ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ހަމަޖެހިފައިވާ އުސޫލުން ޞިއްޙީ މަރުކަޒު ހުޅުވައި/ބަންދުކުރުން.

2. މުވައްޒަފުންގެ ހާޒިރީއާއި މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން.

3. އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި، މެސެޖާއި، އެހެނިހެން ލިޔުންތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

4. ޞިއްޙީ މަރުކަޒަށް ލިބޭ ސިޓީއާއި ތަކެތި ބަލައިގަނެ އެންޓަރކުރުމަށްފަހު، ހަވާލުކުރަންޖެހޭ ފަރާތްތަކަށް ގަވާއިދުން ހަވާލުކުރުން.

5. ލިޔެކިއުންތައް ފައިލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

6. އެޑްމިނިސްޓްރޭޝަން ސެކްޝަނުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

7. ޞިއްޙީ މަރުކަޒުގައި ބޭއްވޭ ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

8. އިދާރީ އޮފީސް ބަންދު ވަގުތުތަކުގައި ދިމާވާ އިމަރޖެންސީ ކަންތައްތަކުގައި، ވެރިއަކު އަންގާ ގޮތެއްގެ މަތިން މަސައްކަތްކުރުން.

9. އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އިންވެންޓްރީއަށް ވައްދަންޖެހޭ އެއްޗެހި ދުވަހުން ދުވަހަށް އިންވެންޓްރީއަށް ވެއްދުން.

10. ލިޔެކިއުމާބެހޭ ތަކެއްޗާއި އެހެނިހެން މުދަލުގެ ސްޓޮކް ބެލެހެއްޓުން.

11. މުވައްޒަފުންގެ މުސާރައާއި ބަޖެޓްފައިސާގެ ކަންތައް، މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ބެލެހެއްޓުން.

12. އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ހަވާލުކުރެވޭ މުވައްޒަފުންގެ މަސައްކަތް ބެލެހެއްޓުމާއި، މަސައްކަތުގައި ހަރަކާތްތެރިކުރުވައި ސުޕަވައިޒްކުރުމާއި، ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް މުވައްޒަފުންގެ ފެންވަރުބެލުމުގެ މަސައްކަތް ކުރިއަށްގެންދިއުން.

13. ޞިއްޙީ މަރުކަޒު ހިންގުމާ ހަވާލުވާންޖެހިއްޖެ ހާލަތެއްގައި ހިންގުމާ ހަވާލުވެ، އިސްވެރިއެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

14. މީގެ އިތުރުންވެސް، އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ:

1. ހިއުމަން ރިސޯސް މެނޭޖްމެންޓް، ހެލްތު ސާރވިސް މެނޭޖްމެންޓް، މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމެންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމެންޓުގެ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމެންޓް، ހެލްތު ސަރވިސް މެނޭޖްމެންޓް، މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމެންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމެންޓުގެ  ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.    ނުވަތަ،

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ www.csc.gov.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުގެތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުގެތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި ރާއްޖެއިންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓުގެ ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުގެތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުގެތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

(ރ) މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ފޯމު ހުށަހެޅުމުގެ ސުންގަޑި:

2016 ނޮވެންބަރު 10 ވަނަ ދުވަހުގެ 14.00 ގެ ކުރިން، ނ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ ނ. މަގޫދޫ ޞިއްޙީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2016  ނޮވެންބަރުމަހުގެ ތެރޭގައި، ނ. މަގޫދޫ ޞިއްޙީ މަރުކަޒުގައި އޮންނާނެއެވެ.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، ރަސްމީގަޑީގައި، 7706327 ނަންބަރު ފޯނަށް، ނުވަތަ 6560037 ނަންބަރު ފޯނާއެވެ.  

30 މުޙައްރަމް 1438

31 އޮކްޓޫބަރު 2016
ހޯދާ