މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު

މަސައްކަތް:

އިންޓްރާރނެޓް ތައްޔާރުކުރުން

މި މިނިސްޓްރީގެ އިންޓްރާނެޓް ޑިޒައިންކޮށް ތަރައްޤީ ކުރުމަށް ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 10 ވާ ހޯމަދުވަހުގެ 13:00ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 ކޯޕަރޭޓް އެފެއާޒް ޑިވިޜަން

 މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

 އަމީނީމަގު،

 މާލެ،  ދިވެހިރާއްޖެ.

 ޓެލެފޯން: 3349169 ، 3349129

 ފެކްސް: 3324432

 އީމެއިލް އެޑްރެސް: [email protected], [email protected]

30 އޮކްޓޫބަރު 2016
ހޯދާ