މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
3 ބުރި ޢިމާރާތެއްގެ ކުރެހުމާއި ބީއޯކިޔު ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން    

3 ބުރި ޢިމާރާތެއްގެ ކުރެހުމާއި ބީއޯކިޔު ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

ސުރުޚީގައި ދެންނެވިފައިވާ މަސައްކަތް މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، ސުރުޚީގައި ދެންނެވިފައިވާ މަސައްކަތް މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 2016 ނޮވެންބަރު 9 ވާ ބުދަދުވަހުގެ 13:00 އަށް މި އިދާރާއަށެވެ. އަދި ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީވެސް ރ. އަތޮޅު ކައުންސިލުގެ އިދާރާގައި 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 13:00 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި މަސައްކަތަށް އެދި ކުރިމަތިލައްވާ ފަރާތަކީ މިފަދަ މަސައްކަތްތައް ކުރުމުގެ ހުއްދަ ހައުސިންގ މިނިސްޓްރީން ދެއްވާފައިވާ ފަރާތަކަށް ވާންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު މިފަދަ މަސައްކަތްތައް ކުރުމަށް ހައުސިންގ މިނިސްޓްރީން ދެއްވާފައިވާ ހުއްދައިގެ ކޮޕީ ހުށަހަޅުއްވަންޖެހޭނެ ކަމުގައިވެސް ދަންނަވަމެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ޕްރޮޕޯޒަލް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " 3 ބުރި ޢިމާރާތެއްގެ ކުރެހުމާއި ބީއޯކިޔު ތައްޔާރުކޮށްދިނުމާބެހޭ ޕްރޮޕޯޒަލް " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނުނަންބަރު، ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ 6580027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

30 މުޙައްރަމް 1438

31 އޮކްޓޫބަރު 2016
ހޯދާ