މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕަވަރގޭޓް ޖަޕާން ރިކޮންޑިޝަން ޕިކަޕެއް ގަނެގެން މިރަށަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އިދާރާގެ އިޢުލާން ނަންބަރު (IUL)301/301/2016/58 އާ ގުޅިގެން ލިބުނު އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، ރިފާބިޝްޑް ޕިކަޕެއް ގަނެ ސަޕްލައި ކުރުމުގެ ފުރުޞަތު އަލުން ހުޅުވާލީމެވެ.

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް، 2 (ދޭއް) ޓަނުގެ ޕަވަރގޭޓް ޖަޕާން ރިކޮންޑިޝަން (Refurbished) ޕިކަޕެއް ގަނެގެން މިރަށަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 1 ވާ އަންގާރަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތުތައް ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.

  1. ޕްރޮޕޯޒަލް ހުށަހަޅާފަރާތުގެ ފުރިހަމަ މަޢުލޫމާތު (ނަމާއި އެޑްރެސް، ގުޅޭނެ ފޯނު ނަންބަރު، އީމެއިލް އެޑްރެސް، ފެކްސް ނަންބަރު)
  2. ޕިކަޕުގެ މޮޑެލެއްގެ ކުލަފޮޓޯ، ދެ އަރިމަތިންނާއި ކުރިމަތިން އަދި ފަހަތުން (ޕިކަޕް މި ރަށަށް ގެނެސް ހަވާލުކުރާއިރު އޮންނަންވާނީ މި ފޮޓޯތަކާ އެއްގޮތަށް)
  3. ޕިކަޕް އުފެއްދި އަހަރު. (މި އުމުރަކީ އުފެއްދި އަހަރުން ފެށިގެން 6 އަހަރުވެފައިވާ ޕިކަޕް ކަމަށް ވެގެން ނުވާނެއެވެ.)
  4. ޕިކަޕުގެ ބްރޭންޑާއި އިންޖީނުގެ ބްރޭންޑް އަދި ސްޕެސިފިކޭޝަން
  5. ޕިކަޕުގެ ވޮރަންޓީ ޕީރިއަޑެއްވާނަމަ، އެކަން
  6. ރޯޑުވާދިނަސް ހަދައިދިނުމަށްފަހު ޕިކަޕް ރަޖިސްޓަރީކުރުމާއި ރަޖިސްޓަރީކުރުމަށް ހިނގާ ޚަރަދު
  7. ތަރޑްޕާޓީ އިންޝުއަރެންސް ކޮށްދޭނެ ގޮތް
  8. ޕިކަޕުގައި ބޭނުންކުރާ ތެލުގެ ބާވަތް
  9. ޕިކަޕު ރ. އަނގޮޅިތީމާ ހަމަޔަށް ސަޕްލައިކޮށްދެވޭނެ މުއްދަތު އަދި މާލޭ ކޮމާޝިއަލް ހާބަރާ ހަމަޔަށް ގެނެވޭނެ މުއްދަތު ވަކިން.
  10. ކުންފުނީގެ މަޢުލޫމާތު (ޕްރޮފައިލް، ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީއެސްޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ)
  11. ޖުމްލަ އަގު (ރ. އަނގޮޅިތީމަށް ގެނެސް ހަވާލުކުރުމާ ހަމަޔަށް)

އަގު ހުށަހެޅުން

  1. އަގު ހުށަހަޅަންވާނީ ދިވެހިރުފިޔާއިންނެވެ.
  2. އަންދާސީހިސާބުގެ ޕްރޮޕޯޒަލް ހުށަހަޅަންވާނީ ދިވެހިބަހުންނެވެ.
  3. ރޯޑްވާދިނަސް ހެދުމަށް ބޭނުންވާ އެންމެހައި ޑޮކިއުމަންޓްތަކާއި ރޯޑްވާދިނަސް ހަދައިދިނުމާއި ޕިކަޕު ރަޖިސްޓަރީކުރުމަށް ހިނގާ ޚަރަދުގެ ތަފުސީލު
  4. ޕިކަޕް ގަންނަން ހިނގާނެ ޚަރަދާއި އިމްޕޯޓް ޑިއުޓީއާއި ކްލިއަރެންސް ފަދަ ޚަރަދުތައް (އިމްޕޯޓް ޑިއުޓީ މާފުކޮށްދީފިނަމަ އިމްޕޯޓް ޑިއުޓީ ކަނޑައި ޖުމުލަ އަގު)
  5. މި އިދާރާގެ ނަމުގައި ޕިކަޕު ރަޖިސްޓަރީކޮށް ނިންމުމަށްފަހު ރ. އަނގޮޅިތީމަށް ގެނެސް ޖެޓީއަށް ބޭލުމުގެ އަގު

މާކްސް ދެވޭ ގޮތުގެ ތަފުސީލު

  1. ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލުގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމެޓީއަކުންނެވެ.

މާކްސް ދެވޭ ކެޓަގަރީ

މާކްސް ދެވޭ ގޮތް

ތަފުސީލް

ފޯމިއުލާ

 

 

އަގު

 

 

 

% 70

 

- މަސައްކަތުގެ ޖުމުލަ އަގަށް (މަސައްކަތުގެ އަގާއި ތަކެތީގެ އަގަށް) ދޭ މާކްސް

- މާކްސް ދެވޭނީ ހުށަހަޅާފައިވާ އަގުތަކާއި، މި އިދާރާއިން އަންދާޒާކުރާ އަގާ އަޅާބަލާއިރު އެންމެ އެކަށީގެންވާ ކަމަށް މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރެޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

- މިގޮތުން މި ކުރެޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ބެންޗްމާކްގެ ގޮތުގައި ކަނޑައަޅާ އަގު ހުށަހަޅާފައިވާ ފަރާތްތަކަށެވެ.

 

(benchmark price/submitted price) x allocated percentage

 

 

 

ތަޖުރިބާ

 

 

 

 % 10

- ޕިކަޕު ރާއްޖެ ގެނެސް ގަނެ ވިއްކައި، މަރާމާތުކޮށް، ރޯޑުވާދިނަސް ހެދުމުގެ މަސައްކަތުގައި ހޭދަވާ މުއްދަތާއި ކުރެވިފައިވާ މަސައްކަތުގެ މިންވަރު.

- މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ މަސައްކަތުގެ މިންވަރާ އަޅައި ބަލައި މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ އެންމެ ތަޖުރިބާ ރަނގަޅު ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އަށް

- މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ބެންޗްމާކުގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ.

(submitted years of experience/ benchmark years) x allocated percentage

 

 

މުއްދަތު

 

 

% 15

 

 

- މަސައްކަތްކުރުމަށް ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް

- މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން މަސައްކަތްކުރުމަށް ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އަށް

- މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހެޅި ފަރާތަކަށެވެ.

(benchmark delivery period / submitted delivery period) x allocated percentage

ވޮރަންޓީ

% 5

ވޮރަންޓީ ދޭނަމަ އެކަން. އެންމެ ގިނަ މާކްސް ލިބޭނީ މެކޭނިކަލް ވޮރަންޓީ އެންމެ ގިނަ ދުވަހަށް ފޯރުކޮށްދޭ ފަރާތަކަށް.

 

ބިޑް އިވެލުއޭޝަން ކޮމެޓީން އަންދާސީހިސާބުތައް އިވެލުއޭޓް ކުރުމަށްފަހު އަންދާސީހިސާބު ކާމިޔާބު ކުރެވުނު ފަރާތްތަކަށާއި ނުކުރެވޭ ފަރާތްތަކަށް އެކަން އެންގޭނެއެވެ.

އަންދާސީހިސާބު ހުށަހެޅުމާއި ބަލައިގަތުން:

  • އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 ނޮވެންބަރު 7 ވާ ހޯމަދުވަހުގެ 13:00 ގައި ރ. އަނގޮޅިތީމު ކައުންސިލުގެ އިދާރާގެ ކޮންފަރެންސްރޫމުގައެވެ.
  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏަކަށްވުން. ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށް މުދާ އިމްޕޯޓްކުރާ ފަރާތަކަށް ވުން.
  • ހުށަހަޅާ އަންދާސީހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.
  • އަންދާސީހިސާބުތައް ކަނޑާނީ އަންދާސީހިސާބުތައް ހުށަހަޅާ ގަޑީގައި ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.
  • މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ކުންފުނި، ޕާޓްނަރޝިޕް އަދި ކޯޕަރޭޓެޑް ސޮސައިޓީ ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ނޫން ފަރާތްތަކަށް މި ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
  • ބަދަލުގައި އެއްވެސް ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން އެނގޭނެ ލިޔުމެއް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: މަތީގައި ދެންނެވިފައިވާ އުސޫލާ ޚިލާފަށް އަގު ހުށަހަޅާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

                                                            25 މުޙައްރަމް 1438

26 އޮކްޓޫބަރު 2016
ހޯދާ