މުކުރިމަގު ސްކޫލް، ލ. ގަން
ދިވެހިރާއްޖެ
ސްޓޭޝަނަރީ ގަންނަން

އިޢުލާން

2017 ވަނަ އަހަރަށް ޕްރިސްކޫލް ކުދިންނަށް ބޭނުންވާ ސްޓޭޝަނަރީ ހޯދުމާބެހޭ:

2017 ވަނަ އަހަރު މި ސްކޫލުގެ ފައުންޑޭޝަން ކްލާސްތަކުގެ ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ގަންނަން ބޭނުންވެއްޖެއެވެ.

ވީމާ، މިތަކެތި ވިއްކަވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 9 ވާ ބުދަދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ދެވޭނީ ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7970739 ނަންބަރު ފޯނާއެވެ.

27 އޮކްޓޫބަރު 2016
ހޯދާ