ދަނގެތީ ސްކޫލް، އދ. ދަނގެތި
ދިވެހިރާއްޖެ
މަސައްކަތްކުރާނެ ފަރާތެއް ހޯދުން

އިޢުލާން

ބެލެނިވެރިންގެ ޝޮޕް-2 ގައި ނުނިމިހުރި މަސައްކަތްތައް ނިންމައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި ސްކޫލުގެ ގޯތީގެ އިރުދެކުނު ކަންމަތީގައި މި ސްކޫލުގެ ބެލެނިވެރިން ޢިމާރާތްކޮށްފައިވާ ޝޮޕް (ޢިމާރާތު)ގައި ނުނިމިހުރި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ އެންމެހައި ފަރާތްތަކުން 2016 ނޮވެންބަރު 1 ވާ އަންގާރަދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 7 ވާ ހޯމަދުވަހުގެ 10:00 އަށް މި ސްކޫލުގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6680803 ފޯނަށް ގުޅުއްވުން އެދެމެވެ.

26 މުޙައްރަމް 1438

27 އޮކްޓޫބަރު 2016
ހޯދާ