ބޮޑުފޮޅުދޫ މަދަރުސާ
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބޮޑުފޮޅުދޫ މަދަރުސާގައި ބައެއް މަރާމާތު ކުރުމާބެހޭ

މި އިދާރާގެ ނަންބަރު:GS149/2016/21 (17 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރީމެވެ.

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައިވާ މަރާމާތުތައް ކޮށްދޭނޭ ފަރާތްތެއް ހޯދަން ބޭނުންވެއްޖެއެވެ

  • 4 ފާޚާނާގެ ދޮރުފަތް މަރާމާތު ކުރުން
  • ޕްރީ ސްކޫލުގެ ކްލާސްރޫމުގެ ދިޔަދޮވި މަރާމާތުކުރުން
  • ސްކޫލުގެ ގޭޓް
  • ބާ އިމާރާތުގެ ހުޅަނގުފަރާތުގެ ފާރުގައި ކަނޑައިގެންގޮސްފައިވާތަން ބެއްދުން
  • ސްޓޭޖް ކްލާސްރޫމުގެ ދޮރުފަތުގެ ބިއްލޫރިގަނޑު ލެއްވުން
  • އޮފީސް އެޑްމިންގެ ކެބިންތަކެއް ހެދުން (3 ކެބިން)

ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމަށް

2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 13:00 އަށް

2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 13:00 އަށް

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވެވަޑައިގަންނަވާނަމަ ރަސްމީގަޑީގައި 6660841 މި ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

27 އޮކްޓޫބަރު 2016
ހޯދާ