ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ޏ. ފުވައްމުލަކު ފިހާރައިން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލް ކުރުމާއި، އާފްޓަރ ސޭލްސް ސަރވިސްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އެސްޓީއޯ ޏ. ފުވައްމުލަކު ފިހާރައިން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލް ކުރުމާއި، އާފްޓަރ ސޭލްސް ސަރވިސް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އެސްޓީއޯ ޏ. ފުވައްމުލަކު ފިހާރައިން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލް ކުރުމާއި، އާފްޓަރ ސޭލްސް ސަރވިސް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން 60-އޭޑީއެމް/200/2016 އަށް ޝަރުޠު ހަމަވާ ބީލަމެއް ހުށަހަޅާފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، މި މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވައިލަމެވެ.

މަސައްކަތުގެ ވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ.

ރަޖިސްޓަރީކުރުން:       ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2016 ނޮވެންބަރު 6 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެސް.ޓީ.އޯ ޏ. ފުވައްމުލަކު ފިހާރައަށް ވަޑައިގެން ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:    ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 ނޮވެންބަރު 6 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މަޢުލޫމާތުދިނުން:        ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 ނޮވެންބަރު 7 ވަނަ ދުވަހުގެ 11:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ޏ. ފުވައްމުލަކު ފިހާރައިގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:        ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 ނޮވެންބަރު 10 ވަނަ ދުވަހުގެ 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2016 ނޮވެންބަރު 13 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީވެވޭނެއެވެ.

ބީލަންކަރުދާސް:         ބީލަންކަރުދާސް ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ނޮވެންބަރު 20 ވަނަ ދުވަހުގެ 11:30 އެވެ. ބީލަންކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަންކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އަދި ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 ނޮވެންބަރު 20 ވަނަ ދުވަހުގެ 11:30 ގައި އެސް.ޓީ.އޯ ޏ. ފުވައްމުލަކު ފިހާރައިގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:  3344196, 3344262

ފެކްސްް:  3344633

އީމެއިލް: [email protected]

26 އޮކްޓޫބަރު 2016
ހޯދާ