ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ހޯލް ޢިމާރާތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ހޯލް ޢިމާރާތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު   

މި މަދަރުސާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަދަރުސާގެ ހޯލްޢިމާރާތް މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ދުވަސްތަކުގައި މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 11:00 ގައި

އަންދާސީހިސާބު ހުށަހެޅުއްވުމާއި، ކެނޑުން

2016 ނޮވެންބަރު 16 ވާ ބުދަދުވަހުގެ 11:00 ގައި

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ، 6560019 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

25 މުޙައްރަމް 1438

26 އޮކްޓޫބަރު 2016
ހޯދާ