މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރ - ކަމް- މެއިލް ކްލިއަރެންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޑްރައިވަރ - ކަމް- މެއިލް ކްލިއަރެންސް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރައާއި އެލަވަންސް:

1. މުސާރަ: މަހަކު -/5130 ރުފިޔާ (ފަސްހާސް އެއްސަތޭކަ ތިރީސް ރުފިޔާ)

2. ސަރވިސް އެލަވަންސް: މަހަކު -/1980 ރުފިޔާ (އެއް ހާސް ނުވަސަތޭކަ އަށްޑިހަ ރުފިޔާ)

3. ފުޑް އެލަވަންސް: އެއަރޕޯޓުގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުން ފުޑް އެލަވަންސް ލިބޭނެއެވެ.

4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް:

މެއިލް އޮޕަރޭޝަންސް ޑިވިޜަން

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

- ގްރޭޑް 7 ގެ ފެންވަރު ހުރުމާއި، ކުރެވޭ އިންޓަވިއުން ފާސްވުން. ނުވަތަ؛

- ދިވެހިބަހާއި އިނގިރޭސިބަހުން ލިޔެފައި ހުންނަ އެއްޗެތި ލިޔަންކިޔަން އެނގޭ މީހެއްކަމުގައިވުން.

- B1,A1 ކެޓަގަރީތަކުގެ ޑްރައިވިންގ ލައިސަންސް އޮތުމާއެކު، ކުރެވޭ އިންޓަވިއުން ފާސްވުން.

- މަސައްކަތުގެ މާޙައުލުގައި މުޢާމަލާތްކުރަންޖެހޭ ފަރާތްތަކާ ރަނގަޅަށް މުޢާމަލާތްކުރަން އެނގޭ މީހަކުކަމުގައިވުން.

- ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ ގަޑިތަކެއްގައި މަސައްކަތުގައި އުޅެވޭނެ، ބަރުތަކެތި އެއްތަނުން  އަނެއްތަނަށް އުފުއްލޭނެ، ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

- އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން.

- ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން. 

ހުށަހަޅަންޖެހޭ ލިޔުންތައް:

- މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިޢުލާން ނަންބަރު ޖަހަންވާނެއެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް.

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

- ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން.

- ޕޮލިސް ރިޕޯޓް (ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަންޖެހޭނެއެވެ.)

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްރަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2016 ނޮވެންބަރު 6 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 3 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުޅަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ސިޓީ އެޑްރެސްކުރާނެ ގޮތް:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހި ރާއްޖެ

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.

މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3009273 ނަންބަރު ފޯނަށް، ނުވަތަ 3009272 ނަންބަރު ފޯނަށް ނުވަތަ 300271 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.

28 މުޙައްރަމް 1438

29 އޮކްޓޫބަރު 2016
ހޯދާ