މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކައްކާ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ކައްކާ

ބޭނުންވާ އަދަދު:

2 (ދޭއް)

ފެންވަރު ނުވަތަ ޝަރުޠު:

1. ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ދިވެހީންނަށް ކައްކައި ކާންދިނުމުގެ 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކުކަމުގައިވުން.

2. ދިވެހީންނަށް ކަމުދާގޮތަށް ދިވެހި ކެއްކުންތަކާއި މިޒަމާނުގައި އާންމުކޮށް ބޭނުންކޮށްއުޅޭ ކާނާގެ ބާވަތްތައް ތައްޔާރުކުރަން އެނގޭ މީހަކުކަމުގައިވުން.

3. ކެއްކުމުގެ ހުނަރު ލިބިފައިވުމާއެކު، ގިނަ އަދަދެއްގެ ބަޔަކަށް ކައްކައި ކާންދިނުމުގެ ތަޖުރިބާ ލިބިފައިވުން.

4. ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ކާ ގަޑިތަކުގެ އިންތިޒާމް އެކަށީގެންވާގޮތެއްގައި ކުރިޔަށްގެންދިޔުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.

- ބަދިގޭގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

- ކައްކައި ކާންދިނުމުގެ ޚިދުމަތް ދިނުން.

- ކެއްކުމަށް ބޭނުންވާ ތަކެތި ހޯދަން ބާޒާރުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުން އެދި ހުށަހަޅާ ފޯމު (ފޯމު، ޙައްޖު ކޯޕަރޭޝަނުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ޙައްޖު ކޯޕަރޭޝަނުގެ www.mhcl.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)  

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާނަމަ، އެކަން އަންގައިދޭ ލިޔުމެއް.

ސުންގަޑި:

2016 ނޮވެންބަރު 6 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުން އެދެމެވެ.

ވަޒީފާއަށް އެދި  ފޯމު ހުށަހަޅަންޖެހޭ އެޑްރެސް:

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

ހަވީރީ ހިނގުން، މޫކައި ސުއިޓްސް، 2 ވަނަ ފަންގިފިލާ

މާލެ، ދިވެހިރާއްޖެ

29 މުޙައްރަމް 1438
30 އޮކްޓޫބަރު 2016
ހޯދާ