މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް ބޯޑް އޮފް ކޮމްޕްލިމެންޓްރީ މެޑިސިންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު (ޤާނޫނު ނަންބަރު 2015/13) ގެ 48 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮމްޕްލިމެންޓްރީ ބޭހާ ގުޅޭ ކަންކަން ބެލެހެއްޓުމަށްޓަކައި "މޯލްޑިވްސް ބޯޑް އޮފް ކޮމްޕްލިމެންޓްރީ މެޑިސިން" ގެ ނަމުގައި މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގެ ދަށުން ބޯޑެއް އެކުލަވާލުމަށް ހަމަޖެހިފައިވެއެވެ.

މިބޯޑުގެ މެމްބަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

ބޭނުންވާ ދާއިރާ

ދިވެހިބޭސްވެރިކަމުގެ ދާއިރާ

ޝަރުޠު

- ދިވެހި ބޭސްވެރިކަމުގެ މަސައްކަތްކުރާ މީހެއް ކަމުގައިވުން

- މިނިސްޓްރީ އޮފް ހެލްތު ނުވަތަ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ދިވެހިބޭސްކުރުމަށް ރަޖިސްޓަރީވެފައިވުން

ބޭނުންވާ އަދަދު

3

ތަޢުލީމާއި ތަޖުރިބާއަށް މާކްސް ދެވޭނެގޮތް

ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން ހޯއްދަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކަށް 50 މާކްސް

އެހެނިހެން ތައުލީމީ ސެޓުފިކެޓުތަކަށް 10 މާކްސް

ދިވެހިބޭސްވެރިކަމުގެ ތަޖުރިބާއަށް 20 މާކްސް

އިންޓަވިއު: 20 މާކްސް

ބޭނުންވާ ދާއިރާ

ކޮންޕްލިމެންޓްރީ މެޑިސިންގގެ ދާއިރާ

ޝަރުޠު

- ކޮމްޕްލިމެންޓްރީ މެޑިސިންގެ ދާއިރާގައި މަސައްކަތްކުރާ މީހެއް ކަމުގައިވުން

- މިނިސްޓްރީ އޮފް ހެލްތް ނުވަތަ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ކޮމްޕްލިމެންޓްރީ މެޑިސިން ޕްރޮފެޝަނަލެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވުން

ބޭނުންވާ އަދަދު

2

ތަޢުލީމާއި ތަޖުރިބާއަށް މާކްސް ދެވޭނެގޮތް

ކޮމްޕްލިމެންޓްރީ މެޑިސިންގެ ދާއިރާއިން ހޯއްދަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކަށް 50 މާކްސް

އެހެނިހެން ތަޢުލީމީ ސެޓުފިކެޓުތަކަށް 10 މާކްސް

ކޮމްޕްލިމެންޓްރީ މެޑިސިން ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް 20 މާކްސް

އިންޓަވިއު: 20 މާކްސް

ބޯޑު މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް

(1) ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް މެދުވެރިވެގެން މެނުވީ ބޯޑުގެ ބައްދަލުވުންތަކަށް ހާޒިރުވުން.

(2) ބޯޑުގެ ރައީސް ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.

(3) ބޯޑުން ބަލާ ޝަކުވާތަކާ ގުޅިގެން ޒިޔާރަތްކުރަންޖެހޭ ތަންތަނަށް ޒިޔާރަތްކުރުމާއި، ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރުމާއި، ދިރާސާކުރަންޖެހޭ ލިޔުންތައް ދިރާސާކުރުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.

(4) މުޖުތަމަޢުގެ ތެރޭގައި އުޅުމުގައި ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޚުލާޤީ އަދި ސުލޫކީ މިންގަނޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން.

މަޤާމަށް ކުރިމަތިލާ މެމްބަރުންގެ ޝަރުޠުތައް

  • ދިވެހި ރައްޔިތެއްކަމުގައިވުން.
  • ބޯޑުގެ މެމްބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚުލާޤު ހުރި މީހަކު ކަމުގައިވުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
  • ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑެއް ކަނޑައެޅިފައިވާނަމަ އެ މިންގަނޑަކާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެމްބަރެއް ނުވަތަ އެހެންވެސް މަޤާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތް ދޭ ތަނެއްގެ ހިއްސާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހަކު ކަމުގައި ނުވުން.
  • ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
  • ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެމްބަރުކަމަށް އެދި ހުށަހަޅާ ސިޓީ
  2. ތަޢުލީމީ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތައް)
  3. މެމްބަރުކަމަށް އެދޭ ފަރާތަށް ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުންތައް
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް 
  5. ވަނަވަރު

ސުންގަޑި

10 ނޮވެންބަރު 2016 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގގެ ކައުންޓަރަށް)

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014468 އަދި 3014480 އެވެ.

26 އޮކްޓޫބަރު 2016
ހޯދާ